އުތުރުތިލަފަޅުގައި ދަނޑުވެރިކަން ތަރައްގީކުރަން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފި

Thu, 28 Mar 2024 11:43 PM

View on this article on Dhen.mv

އުތުރުތިލަފަޅުގައި ދަނޑުވެރިކަން ތަރައްގީކުރަން ޗައިނާ ކުންފުންޏަކާއި ހަވާލުކޮށްފި

ކާބޯތަކެތީގެ ރައްކާތެރިކަން ރާއްޖޭގައި ގާއިމްކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވަރުގެ ދަށުން އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމެއައިޑީ)، އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާއި އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) ގާއިމްކުރުމަށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.



Ads by STELCO

މި އެމްއޯޔޫ އާއި އޭގެ ދަށުން ސޮއިކުރެވޭ އެއްބަސްވުންވެގެންދާނީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، އިގްތިސާދު ސިންދަފާތުކުރުމާއި، އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ކަންޓްރީ މެނޭޖާ މާއޯ ބާއޯއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވެފައިވާއިރު، އޭގެ މައިގަނޑު އެއް ސަބަބަކީ އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވެފައިއޮތް މިންވަރެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް %90 އިމްޕޯޓުކުރެއެވެ.

ރާއްޖޭގައި އިމްޕޯޓަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ކާނާގެ ބާވަތަކީ ކަނޑުމަހެވެ. އިމްޕޯޓުކުރާ ކާބޯތަކެތީގެ ތެރޭގައި އަސާސީ ބާވަތްތައްވެސް ހިމެނޭއިރު، ރާއްޖޭގެ ކާބޯތެކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ހާމަވެގެންދެއެވެ. ތާރީޚީ ގޮތުން ބަލާއިރު ރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަމުގައި އެންމެބޮޑު ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ޖިއޮގްރަފިކަލް ލޭއައުޓާއި ދަނޑުވެރިކަން ކުރެވޭ ބިމުގެ ދަތިކަމުންނެވެ.

ސަރުކާރުން ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ގިނަގުނަ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާރިރު އެހެން މުހިންމު ސިނާއަތްތަކާ އަޅާބަލާއިރު މިކަމަށް ފާހަގަކޮއްލެވޭ ކުރިއެރުމެއް އައިސްފައެއްނެތެވެ. އެވްރެޖްކޮށް ދަނޑުވެރިކަން ޙިއްޞާކޮށްފައިވަނީ ރާއްޖޭގެ ޖީޑީޕީގެ 2% އަށްވުރެވެސް މަދު އަދަދެކެވެ. ދަނޑުވެރިކަން ކުރިއެރުން މަޑުޖެހޭ އެންމެ ބޮޑު އެއްސަބަބަކީ އުފެއްދުންތެރިކަމާއި، މާކެޓް ނިޒާމުތައް ބަލިކަށިކަމުންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން އިގްތިސާދަށް އައި ބަދަލުތަކުގެ ސަބަބުން ކާބޯތަކެތީގެ ސަޕްލައި ޗެއިންތައް ބުރޫއަރާ، ކާބޯތަކެތީގެ ރައްކާތެރިކަން ދިޔައީ އިތުރަށް ގޯސްވެގެންނެވެ. އަދި ބައިނަލް އަގްވާމީ ކާރިސާތަކާއި، ސަޕްލައިއަށް އަންނަ ހުރަސްތަކާއި، ޖިއޯޕޮލިޓިކަލް ބަދަލުތަކާ ގުޅިގެން އިމްޕޯޓަށް މިހާބަރޯސާވެފަވާ ރާއްޖެއަށް ހުރި ނުރައްކާތަށް އިތުރަށް ސާފުވެގެން ދިޔައެވެ.

އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް ތަރައްޤީކުރުމަށް އެކުލަވާލާފައިވާ މި އެއްބަސްވުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނޭ މުހިންމު ފެށުމެކެވެ. މި މަސައްކަތް ފެށިފައިވަނީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގައި ޗައިނާގެ ސަރުކާރާއިއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުންނެވެ.

އޭއީޒެޑް އަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކޮށްފައިވާ ހާއްސަ ސަރަހައްދެކެވެ. ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ތާރީޚީ ގޮތުން ބަލާއިރު، ދަނޑުވެރިކަމުގެ ދާއިރާތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެކްސްޕޯޓް އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ޤައުމުތަކުގައި އޭއީޒެޑްތަކަކީ މުހިންމު ވިޔަފާރިއެކެވެ.

  • 2024 ވަނަ އަހަރު ފެށުމަށް ނިންމާފައިވާ މި އެއްބަސްވުމުގެ މަގުސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކޮށް، އިގްތިސާދީ ތަރައްގީއަށް ދިމާވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދައިދިނުމާއި، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް އިންވެސްޓްމަންޓް ހޯދުމެވެ.
  • ސަރަހައްދު: އުތުރު ތިލަފަޅު ނުނީ ބަދަލުގައި ސަރުކާރުން ކަނޑައަޅާ ތަނެކެވެ.
  • ސްކޯޕް: ބިން ހިއްކުމާއި، ޕްރައިމަރީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ދަނޑުވެރިކަމުގެ އިންޑަސްޓްރިއަލް ޕާކް ތަރައްޤީކުރުމާއި، ފަސިންޖަރުންނާއި މުދާ އުފުލުމުގެ ޓާމިނަލްތައް ގާއިމުކުރުމާއި، މިނޫންވެސް ގުޅުންހުރި އެހެނިހެން ވިޔަފާރިތައް ހިމެނެއެވެ.
  • މި މަޝްރޫއާއެކު ރާއްޖޭގައި ތަރުކާރީ އަދި މޭވާ އުފެއްދުމުގެ ބޭސްއެއް, އެގްރިކަލްޗަރަލް ޓަލެންޓް ޓްރެއިނިން ބޭސްއެއް, އަދި އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް, ލޮޖިސްޓިކްސް, ޑިސްޓްރިބިއުޝަން ސެންޓަރެއްވެސް ގާއިމް ކުރެވިގެންދާނެއެވެ.
  • އެމްއޯޔޫގެ އަމާޒަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ވަރުގަދަކުރުމެވެ.
  • ދަނޑުވެރިކަމުގެ ސިނާއީ ހަރަކާތްތަކަށް ހާއްސަ ޖާގައެއް ހޯދައިދީ އިންވެސްޓަރުން ޝައުގުވެރިކޮށް، ދަނޑުވެރިކަމުގެ ދާއިރާ ދިރުވުމެވެ.
  • އޭއީޒެޑް ތަރައްގީކުރުމަކީ ވަޒީފާގެ ފުރުސަތުތައް އުފެދި، ވިޔަފާރިވެރިކަން ކުރިއެރުވުމާއި، ރާއްޖޭގެ ޖުމްލަ އިގްތިސާދީ ތަރައްގީއަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ބެލެވެއެވެ.
  • ސީއެޗްއީސީ އަކީ މަގު، ބްރިޖް، ރޭލްވޭ، އަދި އެއާޕޯޓް، ހެދުމުގެ އިތުރުން މެރިން އިންޖިނިއަރިން، ޑްރެޖިން، އަދި ރިކްލެމޭޝަން ފަދަ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުގެ ތަޖުރިބާ ލިބިފައިވާ ގްލޯބަލް އިންޖިނިއަރިން ކޮންޓްރެކްޓަރެކެވެ.



More from Dhen.mv