އުމުރާ އަށް މީހުން ގެންދިޔަ މަޝްއަރު ކުންފުނީގެ ޗެކުތަކެއް އަނެއްކާވެސް ބައުންސްވެއްޖެ

Thu, 28 Mar 2024 02:00 PM

View on this article on Dhen.mv

އުމުރާ އަށް މީހުން ގެންދިޔަ މަޝްއަރު ކުންފުނީގެ ޗެކުތަކެއް އަނެއްކާވެސް ބައުންސްވެއްޖެ

ހައްޖާ އުމުރާގެ އަޅުކަމަށް މީހުން ގެންދިޔުމަށް ދިން ހުއްދަ ބާތިލްކުރުމުން، ޓްރެވެލް އެޖެންސީއަކަށް ނަން ބަދަލުކޮށްގެން މި ރަމަޝާން މަހު މަޝްއަރު ޓުއާސްގެ ހަވާލުގައި އުމްރާއަށް އަށް މީހުން ގެންދަން ފްލައިޓް ޗާޓަރު ކުރި، ޓްރެވަލް އެޖެންސީއަށް ފައިސާ ދައްކަން ދިން ޗެކްތަކެއް ބައުންސުވެއްޖެވެ.



Ads by STELCO

މިދޔަ އަހަރުގެ ރޯދަ މަހު، އެ ގްރޫޕުގެ ހަވާލުގައި މަހު 207 މީހަކު އުމްރާއަށް ދިޔައިރު އެމީހުން ގެންދަން ފްލައިޓް ޗާޓަރުކުރި ދިވެހި ކުންފުންޏަށް ފައިސާ ދައްކަން ދިން ދެ ޗެކްވެސް ވީ ބައުންސެވެ. އެއީ އެއްލައްކަ ސާޅީސް ހާހަށްވުރެ ގިނަ ޑޮލަރެވެ. ހަމަ އެ ދަނޑިވަޅުގައި ސައުދީ އެއާލައިންސްގެ ފްލައިޓެއް ގައި އެ ގުރޫޕުން ގެންދިޔަ 70 ވަރަކަށް މީހުންގެ ރިޓާން ޓިކެޓްގެ ފައިސާ ނުދައްކާ މައްސަލަ ވެސް އުޅޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ވިދާޅުވިއެވެ. އެއީ ގާތްގަނޑަކަށް 90 ހާސް ޑޮލަރެވެ.

ފައިސާގެ މައްސަލަތައް ބޮޑުވެގެން ގޮސް އެ ޖަމާއަތަށް ދޫކުރި ހުއްދަ އިސްލާމިކް މިނިސްޓްރީން ބާތިލު ކުރިއެވެ. އެހެންވެ މިހާރު ހިންގަމުން އަންނަނީ ޓްރެވެލް އެޖެންސީގެ ނަމުގެ ދަށުންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން ދައްކާ ގޮތުން އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުންގެ ގޮތުގައި ތިބެނީ އަލީ ފާރީޝްއާ މޫސާ ޔާމީނެވެ. ގަަތަފް ސެންޓް މޯލްޑިވްސް، ހިޖާމާ ފިޒިއޯ ސެންޓުގެ އިތުރުން ހަޝިހެޔޮ ކްލިނިކަކީ އެތަނުގެ ދަށުން ހިންގަމުން އަންނަ ތަންތަނެވެ.

މި ރޯދަ މަހު އެ ޓްރެވެލް އެޖެންސީން އުމްރާއަށް މީހުން ފޮނުވަން ފްލައިޓް ޗާޓަރު ކުރީ އިނާ މޯލްޑިވްސްގެ ދަށުން ހިންގާ ''އޭސް ޓްރެވެލް'' އާއި ''އޭސް އޭވިއޭޝަން'' އިންނެވެ. ފްލައިޓް ޗާޓަރުކުރީ ސްރީލަންކަން އެއާލައިން އާއި ގަތަރު އެއާލައިންގެ އިތުރުން އެމިރޭޓްސް އެއާލައިނުންނެވެ. އެ މީހުންގެ ހަވާލުގައި 50 މީހަކު އުމުރާގެ އަޅުކަމަށް ދިޔައެވެ.

އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގް ''ދެން'' އަށް ވިދާޅުވީ މަޝްއަރުގެ ހަވާލުގައި އުމުރާއަށްދާ މީހުން ފުރީ މި ހަފްތާގެ ހޯމަ ދުވަހުއެވެ. ކުންފުނިން ޓިކެޓަށްވާ ފައިސާ ދައްކަން މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ދިން ހަތަރު ޗެކްވެސް ބައުންސު ވެފައިވާ ކަމަށް ފިރާގް ވިދާޅުވިއެވެ.

'' އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހޭ'' ފިރާގް ވިދާޅުވިއެވެ.

''ރިޒަވޭޝަނުން އެ ގްރޫޕަށް އެންގުމުން ޖަވާބުގައި ބުނީ ، ތިމަންނަމެން މިތިބީ އުމުރާގައި''

ފިރާގު ވިދާޅުވީ އިތުރު ޓްރެވެލް އެޖެންޓުންނަށްވެސް އެ ކުންފުނިން ފައިސާ ނުދައްކައި އޮތްކަން އެނގިފައިވާ ކަމަށެވެ.

ޗެކް ބައުންސުވުމުން ފައިސާގެ އެއްބައި މިއަދު ދެއްކުމަށާއި އަދި ބާކީ ބައި އަންނަ މަހުގެ ފަހެއްގެ ކުރިން ދެއްކުމަށް އިން މޯލްޑިވްސް އިން ވަނީ އެ ކުންފުންޏަށް އަންގާފައެވެ. މަޝްއަރު ކުންފުނީގެ ހަވާލުގައި ދިޔަ އުމުރާވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 16 ވަނަ ދުވަހުއެވެ. ފައިސާ ލިބިފައިނުވާތީ އިނާ މޯލްޑިވްސް އިން ވަނީ ވަގުތީ ގޮތުން ޓިކެޓް ''ހޯލްޑް'' ކޮށްފައެވެ.

ޗެކް ބައުންސުވުމާއި ގުޅޭ ގޮތުން ކުންފުނީގެ ބަހެއް ހޯދާލަން ގުޅާލުުން ބުނީ އެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދީ، ބުނީ ފަހުން މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.



More from Dhen.mv