މޯލްޑިވިއަނުން ކޮލަމްބޯއަށް ދަތުރުކުރާ ފަރާތްތަކަށް ނަވަލޯކާ ހޮސްޕިޓަލުން ހާއްސަ ޑިސްކައުންޓުތަކެއް!

Thu, 28 Mar 2024 01:08 PM

View on this article on Dhen.mv

މޯލްޑިވިއަނުން ކޮލަމްބޯއަށް ދަތުރުކުރާ ފަރާތްތަކަށް ނަވަލޯކާ ހޮސްޕިޓަލުން ހާއްސަ ޑިސްކައުންޓުތަކެއް!

ގައުމީ އެއާލައިން، މޯލްޑިވިއަނުން، އަންނަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސްރީ ލަންކާގެ، ވެރިރަށް ކޮލަމްބޯއަށް ދަތުރުތައް ފަށާ ގޮތަށް ތައްޔާރުވެއްޖެއެވެ.



މޯލްޑިވިއަން އިން ލަންކާއަށް ދަތުރުތައް ކުރާނީ އެއާބަސް އޭ320 މަތިންދާ ބޯޓުންނެވެ. މޯލްޑިވިއަންގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަނާއި ޓިކެޓިން އޮފީހުން ކޮލަންބޯ ރޫޓުގެ ޓިކެޓް ބުކް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ކޮލަންބޯ އަށް ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް އިންތިޒާމްކޮށްދިނުމުގެ ގޮތުން މޯލްޑިވިއަން އިން ވަނީ ކޮލަމްބޯއަށް ހަފްތާއަކު ދެ ފްލައިޓް ކޮލަންބޯ އަށް ދަތުރުކުރާގޮތަށް ހަމަޖައްސާފައެވެ. އެއީ ކޮންމެ ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މި ދަތުރުތަކުގައި ރާއްޖޭގެ 16 މަންޒިލެއް ހިމެނޭ މޯލްޑިވިއަންގެ ފުޅާ ޑޮމެސްޓިކް ނެޓްވޯކަށް މެދުކެނޑުމެއް ނެތި ކަނެކްޝަން ވެސް ލިބޭނެއެވެ.

މޯލްޑިވިއަނުން ބުނީ އެ އެއާލައިނުން ދަތުރުކުރާ ޕަސެންޖަރުންނަށް ނަވަލޯކާ ހޮސްޕިޓަލުން މެޑިކަލް ކޮންސަލްޓޭޝަން، މެޑިކަލް ހިސްޓްރީ އެވެލުއޭޝަން، ބޮޑީމާސް އިންޑެކްސް ޓެސްޓު އަދި ވިޝަން ޓެސްޓު ހެދެން ހުންނާނެ ކަމަށާއި ކްލިނިކަލް ޑައިޓިޝަނަކާ ކޮންސަލްޓު ކުރުމުގެ ފުރުސަތުގެ އިތުރުން ލެބޯޓަރީ ޓެސްޓުތަކުން 15 ޕަސަންޓް ޑިސްކައުންޓް ލިބެން ހުންނާނެ ކަމަށެވެ. އަދި ހެލްތު ސްކްރީނިން ޕެކޭޖުތަކުން ހާއްސަ ޑިސްކައުންޓަކާއެކު 5 އެކްސްރޭއަށް 5 ފަސެންޓު ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

މޯލްޑިވިއަނުން ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސަމަލުކަމެއް ދިނުމުގެ ގޮތުން، ދިވެހި/އިނގިރޭސި ބަހުން ވާހަކަ ދައްކާ ފަރާތްތައް ހިމެނޭ ގޮތަށް، މޯލްޑިވިއަންގެ މުވައްޒިފުންނާއެކު މެދުނުކެނޑި ދަތުރުފަތުރުކުރުމުގެ ތަޖުރިބާ ލިބި، ހުރިހާ ފެންވަރެއްގެ ތަޖުރިބާގެ ފަސިންޖަރުންނަށް ސާފު މުވާސަލާތާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ކޮލަމްބޯއަށް ދަތުރުކުރާ އެހެން ފުލައިޓުތަކުން ބެގޭޖް އެލެވަންސްގެ އިތުރުކުރުމަށް ޗާޖެއް ނެގި ނަމަވެސް މޯލްޑިވިއަނުން ފޯރުކޮށްދޭ 30 ކިލޯގެ ބެގޭޖް އެލަވަންސަށް އެއްވެސް އިތުރު ޗާޖެއް ނުނަގާނެއެވެ.

ކޮލަމްބޯއަށް ދަތުރުކުރާ ބަޖެޓް އެހެން އެއާލައިންތަކާ ހިލާފަށް މޯލްޑިވިއަންގެ އަމާޒަކީ ޕަސެންޖަރަށް ރަނގަޅު ކާނާ ފޯރުކޮށްދީ ދަތުރުގެ ތަޖުރިބާ ރަނގަޅުކޮށްދިނުން ކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.



More from Dhen.mv