ނަޝީދު، އިނގިރޭސި ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައިފި

Thu, 28 Mar 2024 12:53 PM

View on this article on Dhen.mv

ނަޝީދު، އިނގިރޭސި ރަސްގެފާނު ޗާލްސްއާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައާ އިއްޔެ ބައްދަލު ކުރައްވައިފިއެވެ.



Ads by STELCO

ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ނަޝީދު ވާލްސްއާ ބައްދަލުކުރައްވާފައިވާއިރު މިއީ ކޮންކަމަކާ ގުޅިގެން ބޭއްވި ބައްދަލުކުރެއްވުމެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައި މިވަނީ ރަސްގެފާނު ޗާލްސް ކެންސަރާ ހަނގުރާމަ ކުރައްވަމުންގެންދަވާ ކަން ހަމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. ރަސްގެފާނަށް ކެންސަރު ޖެހިފައިވާކަން އެނގުނީ މި އަހަރުގެ ކުރީކޮޅު ޕްރޮސްޓޭޓަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.

ނަޝީދު ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަޝީދު ވަނީ މީގެ ކުރިން (ސީވީއެފް)ގެ "ތީމެޓިކް އެމްބެސެޑަރު" ކަމުގެ މަގާމު އޭރު ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނަވައި ފުރުއްވައިފައެވެ.

ރާއްޖެއަކީ ސީވީއެފްގެ މެންބަރު ގައުމެކެވެ. ސީވީއެފްގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ 2009 ވަނަ އަހަރުގެ ރާއްޖޭގައެވެ.

އެ ފޯރަމްގެ މައިގަނޑު މަޤްސަދަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ގައުމުތައް އަހުލުވެރިކުރުވުމެވެ. އަދި ތިމާވެއްޓާ ރަހްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް، މެމްބަރު ގައުމުތަކުން ބޭނުންކުރާ ހަކަތައަކީ 100 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތް ކުރުމެވެ.



More from Dhen.mv