ރައީސްއަކު ގައުމުގެ ހައްގުގައިއެޅި މުހިއްމުއެއް ފިޔަވަޅު!

Wed, 16 Oct 2024 01:44 PM

View on this article on Channel News Maldives

ރައީސްއަކު ގައުމުގެ ހައްގުގައިއެޅި މުހިއްމުއެއް ފިޔަވަޅު!
ރާއްޖޭގައި ވޭޕް ކުރުން “ބޭން ކުރުން” އެއީ ރާއްޖޭގެ ރައީސްއަކު ގައުމުގެ ހައްގުގައި އެޅި މުހިއްމު އެއް ފިޔަވަޅު ކަމަށް ޔޫތް މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވެއްޖެއެވެ.
Advertisement

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މި އަހަރު 15 ނޮވެމްބަރުން ފެށިގެން މަނާ ކުރަން ނިންމާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ މިމަހު 14 ވަނަ ދުވަހުއެވެ.



ރައީސް ޑރ. މުއިއްޒު އިއުލާނު ކުރައްވާފައިވާރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރުން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް، އިބްރާހިމް ވަހީދު ވިދާޅުވީ، މިނިންމުމާ މެދު ގިނަ ޒުވާނުން އުފާކުރާ ކަމަށާއި މިއީ ރާއްޖޭގެ ރައީސްއަކު، އެންމެ މުހިންމު އެންމެ ހަރުދަނާ އަދި ގައުމުގެ ހައްގުގައި އެޅި އެންމެ މުހިންމު އެއް ފިޔަވަޅު ކަމަށެވެ. 

2019 ވަނަ އަހަރު ޑަބްލިއުއެޗްއޯއާއި ރާއްޖޭގެ ތައުލީމީ ނިޒާމާ ގުޅިގެން ސާވޭއެއް ހަދާފައިވާ ކަމަށާއި އެސާވޭން ދައްކާގޮތުން، 13 އަހަރާއި 15 އަހަރާ ދެމެދު ސްކޫލުތަކުގައި އުޅޭ ކުދިންގެ ގާތްގަނޑަކަށް 17 ޕަސަންޓު ކުދިން ވޭޕު ނުވަތަ އީސިނގިރޭޓު ބޭނުން ކުރާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

ޔޫތް މިނިސްޓަރު ވަނީ މި ނިންމުމަކީ ވަރަށް މުހިންމު އަދި ހަރުދަނާ ފިޔަވަޅެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދިވެހި ޒުވާނުން މި ބަދަލު ބަލައިގަންނާނެ، އަދި މިކަމުގައި އަޅުގަނދުމެންނާއެކު ކުރިއަށްދާނެ، މިއީ ޒުވާނުންގެ ހައްގުގައި، ތިބޭފުޅުންގެ ހައްގުގައި، ތިބޭފުޅުންގެ ދަރީންގެ ހައްގުގައި، އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ ކުދިންނާއި އަންނަން އޮތް ޖީލަށް އެންމެންގެ ހައްގުގައި ނިންމުނު ވަރަށް މުހިންމު ހަރުދަނާ ފިޔަވަޅެއް ކަމަށް ގަބޫލުކުރަނީ" މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގައި ވޭޕް މަނާކުރަން ނިންމާފައިވާއިރު އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓާ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރަން ވެސް ރައީސް ވަނީ ނިންމަވާފައެވެ. އަދި އެ މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރަންވެސް ރައީސް ވަނީ ނިންމަވާފައެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމައަކަށް ރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ވެސް އެދިވަޑައިގެންފައެވެ.



More from Channel News Maldives