ގައްދޫގައި އަތްތެރި މަސައްކަތާ ގުޅޭ ކޯސްތައް ފަށަނީ

Wed, 16 Oct 2024 01:15 PM

View on this article on Channel News Maldives

ގައްދޫގައި އަތްތެރި މަސައްކަތާ ގުޅޭ ކޯސްތައް ފަށަނީ
މޯލްޑިވިސް ޕޮލިޓެކްނިކްގެ ގދ.ގައްދޫ ކެންޕަސްގައި އަތްތެރި މަސައްކަތްތަކާއި ގުޅޭ ކޯސްތަށް ފެށުމަށް ޕޮލިޓެކްނިކުން ތައްޔާރުވަމުން އަންނަކަމަށް ޕޮލިޓެކްނިކުން ބުނެފިއެވެ.
Advertisement

ދާދިފަހުން ގދ. ގައްދޫ އަދި ގއ. ވިލިގިއްޔަށް ޕޮލިޓެކްނިކުން ވަނީ ޒިޔާރަތެއް ކޮށްފައެވެ. މި ޒިޔާރަތުގައި އެރަށްތަކުގެ ކައުންސިލްތަކާއި އ.ތ،މ، ކޮމެޓީތަކުގެ އިތުރުން ޖަމިއްޔާތަކާއި އާންމުންނާއި ބައްދަލު ކުރައްވާ، އެ ރަށްތަކުގެ ކެމްޕަސްތަކުގައި ކުރިޔަށް ގެންދާނެ ކޯސްތަކާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާ، ހިޔާލު ބަދަލު ކުރެއްވިއެވެ.



މި ބައްދަލުވުންތަކުގެ ތެރެއިން އެރަށްތަކުގައި ތިބި ތަފާތު ދާއިރާތަކުގެ ފަންނުވެރިން ދެނެގަނެ އެފަރާތްތަކާއިއެކު މަޝްވަރާކޮށްފައިވެއެވެ. އެގޮތުން ލިޔެލާޖެހުމާއި، ކަސަބުން ބޯވަޅުއެޅުން ފަދަ ނެތެމުންދާ ސަގާފީ ފަންނުވެރިކަން ދިރުވުމަށް އަމާޒުކޮށް، ގދ. ގައްދޫގައި އަތްތެރިމަސައްކަތްތަށް ކުރަމުންދާ ފަރާތްތަކާއި އެބޭފުޅުންނާއި ގުޅިގެން، އެ ދާއިރާގެ ކޯސްތަށް، އެ ރަށުގެ ޕޮލިޓެކްނިކް ކެމްފަސްގައި ކުރިއަށް ގެންދިޔުމާމެދު މަޝްވަރާކުރި ކަމަށާއި އެބޭފުޅުން ތިއްބެވީ އެ ހުނަރުތައް އުގަންނަވައިދެއްވަން ތައްޔާރަށް ކަމަށްވެސް ޕޮލިޓެކްނިކުން ބުނެއެވެ.

ދިވެހި ޒުވާނުންގެ ޝައުގުވެރިކަމާއި ހުނަރުވެރިކަން ހުރި ގިނަ ދާއިރާތައް"ދިވެހިންނަށް ހާއްސަ" މަސައްކަތްތަކެއްގެ ގޮތުގައި އެކަށައެޅުމާއި، ކަނޑައަޅާ ރަށްރަށުގައި ދަނާލުތައް ބިނާކޮށް ރަށްރަށުގައި ތިބެގެން އެކިބ ދާއިރާތަކުން މީހުން ބިނާކުރުމަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

އެކަންކަން ހާސިލްކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން އަންނަނީ ކަމާއި ގުޅުންހުރި އިދާރާތަކާއިއެކު ގިނަގުނަ މަސައްކަތްތައް ކުރަމުންނެވެ.



More from Channel News Maldives