ދެ އަހަރުން ދަށުގެ ކުދިންނަށް ޓެކްސް މާފުކުރަނީ

Wed, 16 Oct 2024 12:22 PM

View on this article on Channel News Maldives

ދެ އަހަރުން ދަށުގެ ކުދިންނަށް ޓެކްސް މާފުކުރަނީ
ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސް މިއަދު ރައްޔިތުންގެ މަޖިލީހުގައި ފަށައިފިއެވެ. މި ބިލުގައި ހިމެނޭ މުހިންމު އެއް ބަދަލަކީ ދެ އަހަރުން ދަށުގެ ކުދިންގެ އަތުން ގްރީން ޓެކްސް ނުނެގުމަށް ހުށަހަޅާފައިވާ ހުށަހެޅުމެވެ.
Advertisement

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިންއެވެ.



މި ބިލުގައި ގްރީން ޓެކްސް 100 ޕަސަންޓަށް ބޮޑުކުރުމަށްވެސް ހުށަހަޅާފައިވެއެވެ. މިހާރު ހަ ޑޮލަރު ދައްކަންޖެހޭ ފަރާތްތަކުން 12 ޑޮލަރު ދައްކަން ޖެހޭނެއެވެ. އަދި ތިން ޑޮލަރު ދައްކަމުން އަންނަ ފަރާތްތަކުން ހަ ޑޮލަރު ދައްކަން ޖެހޭނެއެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. މި ބަދަލު ގެނައުމުން 2025 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ 963.6 މިލިއަން ރުފިޔާއިން އިތުރުވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މި ބިލާ މެދު މަޖިލީހުގެ މެންބަރުން ދެކޭގޮތް ހާމަކުރުމަށް ކުރިއަށްދާ ބަހުސްގައި ގިނަ މެންބަރުން ބައިވެރިވާނެ ކަމަށް ބެލެވެއެވެ.



More from Channel News Maldives