ނުރައްކާތެރި ކެމިކަލް ހުރި 144 ގުދަން އެބަހުރި

Wed, 16 Oct 2024 01:33 PM

View on this article on Channel News Maldives

ނުރައްކާތެރި ކެމިކަލް ހުރި 144 ގުދަން އެބަހުރި
ނުރައްކާތެރި ކެމިކަލް ރައްކާކުރާ 144 ގުދަން މާލޭ ސަރަހައްދުގައި އެބަހުރިކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
Advertisement
ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހުރިތޯ ބެލުމަށް ޑިފެންސް މިނިސްޓްރީން ވަނީ "އޮޕަރޭޝަން ހިރާސް ފާސް" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް މިމަހުގެ އެއްވަނަދުވަހު ފެށިއެވެ. 

އެ އޮޕަރޭޝަން ނިންމާ އެމްއެންޑީއެފުން ބުނީ މި އޮޕަރޭޝަންގައި 15 ދުވަހުގެ މަތިން، އިންސްޕެކްޝަން ޓީމްތަކުން ވަނީ މީހުން ދިރިއުޅޭ 399 އިމާރާތެއް ބަލާ ފާސްކުރިކަމަށެވެެ. މި އޮޕަރޭޝަންގައއި ފާސްކުރި 144 ގުދަނެއްގައި ރައްކާކޮށްފައީ ހުރީ ނުރައްކާތެރި ކެމިކަލްކަމަށް އެމްއެންޑީއެފުން ބުނެއެވެ. މީގެއިތުރުން ކެމިކަލް ވިއްކާ 62 ފިހާރައެއް ހުރިކަންވެސް އެމްއެންޑީއެފުން ބުނެއެވެ. 



މި އޮޕަރޭޝަންގައި ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ޤަވާއިދާ އެއްގޮތަށްތޯ ބެލުމުގެ އިތުރުން، ގްރޭޓަރ މާލެ އޭރިއާގައި ފަސޭހައިން އަލިފާންރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ދެނެގަނެފައިވާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި މި އޮޕަރޭޝަންގައި މާލެ ސިޓީ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށީގައި އިންސްޕެކްޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މާލޭގައި ކެމިކަލް ގުދަންކުރުން މަނާކުރީ ސެޕްޓެމްބަރު 20، 2019 ގައި ހ. ތިލަފުށިގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއަށް ފަހު އެވެ. އެކަކު މަރުވެ ހަތަރު ސަތޭކައެއްހާ މީހުން ވަގުތީ ބޯހިޔާވަހި ކަމަށް ބަދަލުކުރަން ޖެހުނު އެ ހާދިސާގައި ކެމިކަލް ރައްކާކުރާ ހަތަރު ގުދަނަކާއި ހަ ގެއެއް އަނދައި ހުލިވި އެވެ.

 


More from Channel News Maldives