ވޭމަންޑޫ ކުޑަކުދިން ބަލަހައްޓާ ސެންޓަރު ކައިރީ މުޒާހަރާއެއް!

Tue, 15 Oct 2024 11:56 PM

View on this article on Channel News Maldives

ވޭމަންޑޫ ކުޑަކުދިން ބަލަހައްޓާ ސެންޓަރު ކައިރީ މުޒާހަރާއެއް!
ތ. ވޭމަންޑޫ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު (އެފްސީއެސްސީ)ގައި ސޯޝަލް މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދާ ކުއްޖަކާ މެދު ނުރުހިގެން އެ ރަށުގެ އާންމުން ނުކުމެ ހިތްހަމަނުޖެހުން ފާޅުކޮށް މުޒާހަރާކުރަން ފަށައިފި އެވެ.
Advertisement

މުޒާހަރާގެ ތަފްސީލު ދެމުން ވޭމަންޑޫއިން މިރޭ " ސީއެންއެމް" އާ ވާހަކަދެއްކި މީހަކު ބުނީ ރައްޔިތުން މުޒާހަރާ ކުރަން ފެށީ ސެންޓަރުން ބަލަހައްޓާ ކުއްޖާ ރަށުގައި އިތުރަށް ބަހައްޓަން ބޭނުން ނުވާ ކަމަށް ބުނެ އެވެ. ރައްޔިތުން ބޭނުން ވަނީ އެ ކުއްޖާ އެހެން ރަށަކަށް ބަދަލު ކުރަން ކަމަށް އޭނާ ބުންޏެވެ.



އޭނާ އިތުރަށް ބުނީ މިދެންނެވި ކުއްޖާގެ ފުށުން މިފަހުން ސްކޫލު ދަރިވަރަކަށް ވެސް އަނިޔާ ލިބިފައިވާ ކަމަށެވެ، 

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވާގޮތުން ވޭމަންޑޫގައި ހުންނަ އެފްސީއެސްސީ ކުރިމަތީގައި ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުންދާތީ އެ ސަރަހައްދުގައި ފުލުހުންދަނީ ހަރަކާތްތެރިވަމުންނެވެ. 

ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ނުދެ އެވެ.

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނީ ވޭމަންޑޫ އެފްސީއެސްސީ ކައިރީގައި މުޒާހަރާކޮށް، ކުއްޖާ ރަށުން ބާލަން އާއްމުން ގޮވާލަމުންދާ މައްސަލަ އެތަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން އެ މިނިސްޓްރީން ބަލަމުން އަންނަ ކަމަށެވެ.



More from Channel News Maldives