ބިންވެރިޔާ ސްކީމް: ހަވާލުކުރި ގޯތީގެ އަދަދު 689 އަށް

Tue, 15 Oct 2024 10:36 PM

View on this article on Channel News Maldives

ބިންވެރިޔާ ސްކީމް: ހަވާލުކުރި ގޯތީގެ އަދަދު 689 އަށް
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު ބައެއް މީހުންނަށް އެމީހުންގެ އިތުރު ގޯތިތައް ހަވާލުކޮށްފި އެވެ.
Advertisement

ރައީސް ސޯލިހްގެ ސަރުކާރުން ވަނީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކި އެވެ. މީގެއިތުރުން ގުޅީފަޅާއި ގިރާވަރު ފަޅުގެ ބިން ހިއްކަން ވެސް ފެށި އެވެ.

ބިންވެރިޔާ ސްކީމުގެ ތެރެއިން 9000 އަށް ވުރެ ގިނަ ގޯތި ދޫކޮށް އެކި މީހުންނަށް ލިޔުން ހަވާލުކޮށްފައިވެ އެވެ. ނަމަވެސް ގޯތި ދޭން ނިންމި ބިންތައް ހިއްކާފައި ނުވާތީ ރައީސް ސޯލިހްގެ ވެރިކަމުގައި ބިން ހަވާލުކުރީ މަދު މީހަކަށެވެ.



ހައުސިން މިނިސޓްރީން މިރޭ ބުނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ މީހުންނަށް ގޯތި ހަވާލު ކުރުމުގެ މަސައްކަތް ތެެރެއިން އިތުރު ނުވަ ގޯއްޗެއް އެ ގޯތީގެ ވެރިފަރާތާއި ހަވާލުކޮށްފައިވާ ކަމަށެވެ.

"އެހެންކަމުން ޖުމުލަ 689 ގޯތި ވަނީ މިހާތަނަށް ވެރިފަރާތްތަކަށް ހަވާލުކުރެވިފައި،" ހައުސިން މިނިސްޓްރީން މިރޭ ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ގުޅީފަޅުން އިތުރަށް ބިން ހިއްކަން އިތުރުކުރާ ބިމުން ވެސް ގޯތި ދޭން ނިންމައިފަ އެވެ. އެގޮތުން އެތަނުން 1347 ގޯތި ކަނޑަން ނިންމައި، ކުރީގެ ސަރުކާރުގައި ގިރާވަރުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ބަދަލުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ހުޅުވާލި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ 2 އިން ދޫކުރި ހުރިހާ ގޯތިތައް އެ ތަންތަނުގެ ވެރިފަރާތްތަކާ މި އޮކްޓޫބަރު މަހުގެ ނިޔަލަށް ހަވާލުކޮށް، ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލިހުގައި މިފަހުން ވަނީ ވިދާޅުފަ އެވެ.



More from Channel News Maldives