އުއްމީދަކީ މާދަމާ ޔާމީން މިނިވަންވުން: ރައީސް

Wed, 17 Apr 2024 11:19 PM

View on this article on Bonthi News

އުއްމީދަކީ މާދަމާ ޔާމީން މިނިވަންވުން: ރައީސް

އުންމީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މާދަމާ މިނިވަންވެވަޑައިގަތުން ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.ޕީއެންސީގެ ޓިކެޓުގައި ގައްދޫ ދާއިރާއަށް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ މުހައްމަދު އަލީގެ ކެމްޕެއިނު އިވެންޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ދިގުލައިގެން ދިޔުމަކީ އެމަނިކުފާނު ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމުގައެވެ.

އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި ރައީސް ވިދާޅުވީ އެ މައްސަލަ އިންސާފުވެރިކަމާ އެކު އަވަހަށް ނިމިގެން ދިއުމަކީ އެމަނިކުފާނު ވެސް ބޭނުންފުޅުވާ ގޮތް ކަމުގައެވެ.

އެހެން ނަމަވެސް މިއޮތް ހުރިހާ ދުވަހު ރައީސް ޔާމީންގެ ޝަރީއަތަށް އެމްޑީޕީން ނުފޫޒު ފޯރުވަމުން ގޮސް، ކުއްލިއަކަށް އެޕާޓީން ޔާމީންގެ ޝަރީއަތް އަވަސް ކުރުމަށް ޖޭއެސްސީއަށް ހުށަހަޅުއްވާނެކަމުގައި އެ ކޮމިޝަންގެ ރައީސް މުހައްމަދު އަސްލަމް މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވުމުން އެބޭފުޅުންގެ ނިޔަތާއިމެދު ސުވާލު އުފެދޭ ކަމުގައެވެ.

”ހަމަ އެވާ ހަކަ ވިދާޅުވިތާ ދެތިން ދުވަސް ތެރޭގައި މިހާރު އެ އޮތީ މާދަމާއަށް ޝެޑިއުލްކޮށްފައި. މިއޮއްހާ ދުވަހު އެ ބޭފުޅުން ހިފެހެއްޓީ ނޫންތޯ. އެމްޑީޕީގެ ރައީސް ބޭނުންވީމަ އެއޮތީ އެގޮތަށް އެކަން ވެފައި. އަޅުގަނޑު ވަރަށް އުފާކޮށްފިން.“ ރައީސް ވިދާޅުވިއެެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން، 11 އަހަރަށް ޖަލަށް ލާން ހުކުމް ކުރި މައްސަލާގައި ހުކުކުމް އޮންނާނީ މާދަމާ މެންދުރު 13:00 ގައެވެ.More from Bonthi News