އަންޑަރ 20 ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު، ރައީސްގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

Wed, 24 Jul 2024 10:38 AM

View on this article on Bonthi News

އަންޑަރ 20 ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު، ރައީސްގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން އަންޑަރ 20 ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.



މި މުބާރާތް ކުރިއަށްދިޔައީ މި ހިނގާ ޖުލައި މަހުގެ 18 ވަނަ ދުވަހުން ފެށިގެން މިރޭގެ ނިޔަލަށެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މި މުބާރާތުގެ ފައިނަލް މެޗު ބައްލަވާލައްވައިފައެވެ. މި މުބާރާތުގެ ފައިނަލް މެޗްގައި ކުޅުނީ ސްރީލަންކާ ޓީމާއި ކިރިގިސްތާން ޓީމެވެ.

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން އަންޑަރ 20 ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް މުބާރާތުގައި ހަތަރު ގައުމަކުން ބައިވެރިވިއެވެ. އެއީ ދިވެހިރާއްޖެ، ސްރީލަންކާ، ކިރިގިސްތާން އަދި ނޭޕާލް އެވެ. މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ކިރިގިސްތާން ޓީމެވެ

މި މުބާރާތަކީ ވިހި އަހަރުން ދަށުގެ އަންހެން ވޮލީކުޅުންތެރިންނަށް ޚާއްޞަކޮށްގެން ދިވެހިރާއްޖޭގައި ބޭއްވި ފުރަތަމަ ބައިނަލްއަޤްވާމީ މުބާރާތެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މުބާރާތުގެ ފެއަރ ޕްލޭ ޓީމް ކަމުގައިވާ ދިވެހިރާއްޖޭގެ ޓީމަށް ޝީލްޑް ހަވާލުކޮށްދެއްވައި، މުބާރާތުގެ ޗެމްޕިއަން ޓީމަށް ގޯލްޑް މެޑެލް އަދި ޓްރޮފީ ހަވާލުކޮށްދެއްވާފައެވެ.

މި މުބާރާތް އިންތިޒާމްކޮށް ކުރިއަށްގެންގޮސްފައި ވަނީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފާރާތުންނެވެ.



More from Bonthi News