ރައީސްގެ ދެކަނބަލުންނަށް އިންޑިއާ ސަރުކާރުން ރަސްމީގޮތުން މަރްޙަބާ ދަންނަވައިފި

Mon, 07 Oct 2024 02:18 PM

View on this article on Bonthi News

ރައީސްގެ ދެކަނބަލުންނަށް އިންޑިއާ ސަރުކާރުން ރަސްމީގޮތުން މަރްޙަބާ ދަންނަވައިފި

ރައީސް ޑރ.މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދަށް އިންޑިއާ ސަރުކާރުން ރަސްމީ ގޮތުން މަރްޙަބާ ދަންނަވައިފިއެވެ.



މަރްޙަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު އިންޑިޔާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ބަވަންގައެވެ.

ރައީސްގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމުން މަރްޙަބާ ވިދާޅުވީ، އިންޑިޔާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރާޝްތުރަޕަތީ ބަވަންއަށް ވަޑައިގަތުމާއެކު، 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި ރައީސަގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

ރާޝްތުރަޕަތީ ބަވަންގައި ބޭއްވި މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، މަހާތުމާ ގާންދީގެ މަޤްބަރާ، ރާޖްގަޓަށް ޒިޔާރަތްކުރެއްވިއެވެ.



More from Bonthi News