ރައީސް މުއިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ސްޓެލްކޯއިން އިތުރު ހަރުފަތަކަށް!

Mon, 07 Oct 2024 09:52 AM

View on this article on Bonthi News

ރައީސް މުއިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު: ސްޓެލްކޯއިން އިތުރު ހަރުފަތަކަށް!

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަށް އަނެއްކާވެސް ސްޓެލްކޯ އިން މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންގޮސްދފިއެވެ.



ބައިނަލްއަގްވާމީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، ރައީސް މުއިއްޒު އިފްތިތާހު ކުރެއްވި މި މަޝްރޫގެ ދަށުން ސްޓެލްކޯއިން ވަނީ އދ. ފެންފުށީގައި 500 ގަސް އިންދާފައެވެ.

މިކަމާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވިގޮތުގައި އެ ކުންފުނީގެ އަމާޒަކީ މިއަހަރު ތެރޭގައި 25،000 ގަސް އިންދުމެވެ.

”އެގަސްތައް އިންދާނީ ސްޓެލްކޯއިން ހިދުމަތްދޭ 33 ރަށުގަ.“ ފަހުމީ ވިދާޅުވިއެވެ.

ކުންފުނިން ބާއްވާ ގަސް އިންދުމުގެ ޕްރޮގްރާމުގެ ސަބަބުން އެކުންފުނިން އުފައްދާ ކާބަން އޮފްސެޓް ކުރުމަށް ހިފާފައިވާ އަމާޒަށްވެސް ވާސިލުވުމަށް ފަސޭހަވެގެންދާނެކަން ފަހުމީ ފާހަގަކުރެއްވިއެވެ.

ފަހުމީ ވަނީ އެރަށު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

 

 

ސްޓެލްކޯ އިން ގަސް އިންދުމަށްފަހު، އެ ގަސްތައް ބެލެހެއްޓުމަށް ކޮންމެ ރަށެއްގައި ’ގްރީން އޭޖެންޓެއް‘ ގެ ގޮތުގައި މީހަކު ދަނީ ބަހައްޓަމުންނެވެ.



More from Bonthi News