ޔޫރަޕްގެ މޮޅު ބޭސް ގެނެސް، މެޑިކަލް މާފިއާ ނިމުމަކަށް: ރައީސަށް ތައުރީފް!

Wed, 24 Jul 2024 11:42 AM

View on this article on Bonthi News

ޔޫރަޕްގެ މޮޅު ބޭސް ގެނެސް، މެޑިކަލް މާފިއާ ނިމުމަކަށް: ރައީސަށް ތައުރީފް!

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ޔޫރަޮޕްގެ ކޮލިޓީ މޮޅު ބޭސް ރާއްޖެއަށް ގެނެސް، ހައްދުފަހަނައަޅާފައިވާ ބޭހުގެ އަގުތައް ކޮންޓްރޯލް ކުރަން ނިންމުމުން އެމަނިކުފާނަށް އާންމުންގެ ތައުރީފް ލިބެން ފަށަައިފިއެވެ.



ބަލްކް ޕްރޮކިއުމެންޓް ނިޒާމުގެ ތެރެއިން ޔޫރަޕްގެ ކޮލެޓީ މޮޅު ބޭސް ގެނައުމަށް ނިމުނު އެމްޑީޕީގެ ވެރިކަމުގައި ޔޫއެންޑީޕީއާއެކު އެއްބަސްވުމެއްގައި މިދިޔައަހަރުގެ ޖޫން މަހުގެ1 ވަނަ ދުވަހު ސޮއިކުރެވުނު ނަމަވެސް، އޭރުގެ ވެރިކަން ނިމުނުއިރު އެކަން އޮތީ ތަންފީޒު ނުކުރެވިފައެވެ. އެހެން ނަމަވެސް ރައީސް މުއިއްޒުގެ ވައުދުފުޅާއި، އެމަނިކުފާނުގެ އިސްނެންގެވުމުގެ ތެރެއިން އިއްޔެ ވަނީ ދިވެހިން އާއްމުކޮށް ބޭނުންކުރާ 7 ބޭހެއް ރާއްޖެއަށް ގެންނަން ފަށާފައެވެ.

އައު ސަރުކާރުން ތަންފީޒުކުރަން ފެށި މި ސިޔާސަތުގެ ތެރޭގައި ބޭސް އުފައްދާ ކާރުހާނާއާއި ހަމައިން އާންމުންނަށް ބޭސް ގުޅަ ލިބެންދެން ބޭހުގެ ރައްކާތެރިކަމާއި ކޮލިޓީ ކަށާވަރުކުރާނެއެވެ. އަދި ބަލްކް ޕްރޮކިއުމަންޓް އުސޫލުން ގެންނަން ފެށި މިބޭސްތަކަކީ ޔޫރަޕުގެ ގައުމުތަކުގެ ނަޒަރުގައި އަދި ބޭނުންކުރުމުގައި އެންމެ ކޮލިޓީ ރަނގަޅު ބޭސްތަކެކެވެ.

ރާއްޖެއަކީ މި ސަރަހައްދުގައިވެސް އެންމެ ބޭސް އަގުބޮޑު އެއް ގައުމުކަމަށްވާއިއިރު، އަލަށް ގެންނަ ފެށި ބޭސްތައް ވިއްކާނީ ރީޓެއިލް ވިޔަފާރިވެރިންނަށްވެސް ފައިދާގަ ވިއްކޭނެ އެންމެ ހެޔޮ އަގު ކަނޑައަޅައިގެންނެވެ. މިހާރު ގިނަ ބޭސްތައް ރާއްޖޭގައި ވިއްކަނީ %300 އާއި %4000 އާއި ދޭތެރޭގެ ފައިދާގައެވެ.

މި ސިޔާސަތުގެ ދަށުން ޑޮކްޓަރުން ބޭސް ސިޓީ ލިޔާއިރު، ބްރޭންޑްގެ ނަން ބޭނުމެއް ނުކުރާނެއެވެ. އެކަމަކު ވަކި ބްރޭންޑެއްގެ ބޭސް ކެއުމަށް ޑޮކްޓަރު ލަފާދީފި ހާލަތެއްގައި އެ ގޮތަށް ލިޔެވޭނެ އުސޫލުވެސް ވަނީ ތައްޔާރުކޮށްފައެވެ.

ޒަމާނުއްސުރެ ރާއްޖޭގައި އޮންނަ ”މެޑިކަލް މާފިއާ“ ގެ ބާރާއި ނުފޫޒު ފާޅުގައި ނައްތަވައިލެއްވި ރައީސްގެ ނަމުން ރައީސް މުއިއްޒުއަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.



More from Bonthi News