ލ. ގަމަކީ އެންމެ ގިނަ ހައުސިންގ މަޝްރޫއުތައް ހިންގާނެ ރަށަށް ވާނެ: ރައީސް

Sat, 13 Apr 2024 03:49 PM

View on this article on Bonthi News

ލ. ގަމަކީ އެންމެ ގިނަ ހައުސިންގ މަޝްރޫއުތައް ހިންގާނެ ރަށަށް ވާނެ: ރައީސް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ތެރެއިން ލ. ގަމަކީ އެންމެ ގިނަ ހައުސިންގ މަޝްރޫޢުތައް ހިންގާނެ އެއް ރަށަށް ވާނެކަމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.



ރައީސްގެ ވިދާޅުވީ ގެދޮރުވެރިކަން ކުރިޔަށްގެންދިއުމުގައި ވެސް ބިންބޮޑު ޖާގަ އޮތްތަންތަނަށް އިސްކަންދެއްވާނެކަމަށެވެ. އަދި ތަރައްޤީގެ ކަންކަން އަމަލީގޮތުން ކުރިޔަށްގެންގޮސްދެއްވައި ގަމުގެ ރައްޔިތުން އެދޭ ތަރައްޤީގެ ހުރިހާ ކަމެއްވެސް ފުރިހަމަ ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް ގަމު ރީޖަނަލް ހޮސްޕިޓަލް އެންމެ މަތީ ފެންވަރުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ހަދައިދެއްވާނެކަމަށާއި އެގޮތަށް ބަދަލުކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ސަރުކާރުގެ ރަސްމީ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިފައިވާކަމުގައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ގަމުގައި އިންޓަރނޭޝަނަލް މެންޓަލް ހޮސްޕިޓަލެއް ޤާއިމުކުރައްވާނެކަމުގައި ވެސް ވިދާޅުވެފައެވެ.

ހައްދުންމަތީ ގަމަކީ ރައީސްގެ މި ދަތުރުފުޅުގައި ވަޑައިގެންނެވި އެންމެ ފަހު ރަށެވެ.



More from Bonthi News