އުމްރާ ދަތުރާއެކު އަގުހުރި އިނާމްތައް ލިބޭ މޯލްޑިވް ގޭހުގެ ރޯދަ ޕްރޮމޯޝަންގެ އެންމެ ފަހު ދުވަސް މިއަދު

Tue, 09 Apr 2024 03:59 PM

View on this article on Bonthi News

އުމްރާ ދަތުރާއެކު އަގުހުރި އިނާމްތައް ލިބޭ މޯލްޑިވް ގޭހުގެ ރޯދަ ޕްރޮމޯޝަންގެ އެންމެ ފަހު ދުވަސް މިއަދު

ކައްކާފަ އުމްރާއަށް ދެވޭ މޯލްޑިވް ގޭހުގެ ރޯދަ ޕްރޮމޯޝަންގެ އަގުހުރި އިނާމްތައް ހޯދުމުގެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާނެކަމަށް އެކުންފުނިން ބުނެފިއެވެ.މި ޕްރޮމޯޝަންގެ މުއްދަތު މިއަދު ހަމަވާތީ އިނާމްތައް ކަނޑައެޅުމަށް ގުރުއަތުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންއިރަކުންތޯ ”ބޮންތި“ އިން ސުވާލު ކުރުމުން މޯލްޑިވް ގޭހުން ބުނީ މިއަދުގެ ނިޔަލަށް އެ މުއްދަތު ހަމަވާއިރު، ގިނަ ކަސްޓަމަރުން ގޭހަށް އޯޑަުކޮށް، ފުޅީގެ މަތިގަނޑުގައި ޖަހާފައި ހުންނަ ކޯޑު އެސްއެމްއެސްކޮށްފައިވާ ކަމުގައެވެ.

”ގުރުއަތުން ހޮވޭ ފަރާތްތައް އަޅުގަނޑުމެން ވަރަށް އަވަހަށް އިއުލާންކުރާނަން. އަދި އެކަމަށް ހާއްސަ އިވެންޓެއްވެސް ބާއްވާނަން.“ ގޭހުން ބުންޏެވެ.

ގުރުއަތުން ހޮވޭ 3 ފަރާތަކަށް އުމްރާ ދަތުރެއް ހިލޭ ލިބޭ މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ އިތުރު 7 ފަރާތަކަށް އެއް އަހަރުގެ ގޭސް ވެސް ހިލޭ ލިބެއެވެ. މީގެ އިތުރުން މި ޕޯސްޓު ލައިކް އަދި ޝެއާ ކޮށްގެން ގުރުއަތުން ހޮވޭ 3 ފަރާތަކަށް އެއް އަހަރު ދުވަހުގެ ގޭސް މުޅިން ހިލޭ ލިބެއެވެ.

އޯޑަރުކުރާ ކޮންމެ ގޭސް ސިލިންޑަރެއްގައި ސީލް ކޮށްފައިވާ ކޯޑު އެސްއެމްއެސް ކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭއިރު، ރޯދަމަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ގޮތުން ގޭހަށް އޯޑަރުކޮށްލަން 1616 އަށް މިއަދުވެސް ގުޅޭނެކަމުގައި އެކުންފުނިން ބުންޏެވެ.More from Bonthi News