ސްޓެލްކޯއިން މަހިބަދޫގެ ކަރަންޓުގެ ހިދުމަތް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

Mon, 25 Mar 2024 11:17 AM

View on this article on Bonthi News

ސްޓެލްކޯއިން މަހިބަދޫގެ ކަރަންޓުގެ ހިދުމަތް ހަރުދަނާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ސްޓެލްކޯއިން މަހިބަދޫއަށް ދެމުންގެންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން އެކުންފުނީގެ މަޝްވަރާ ބައްދަލުވުމެއް އިއްޔެ ބާއްވައިފި އެވެ.



މި ބައްދަލުވުން ބޭއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ އާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު އާއި، ކުންފުނީގެ ބައެއް އިސްވެރިން އދ. މަހިބަދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެެރެއިންނެވެ.

ސްޓެލްކޯއިން ވަނީ މަހިބަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ބައްދަލކުކޮށް އެރަށުގައި އެކުންފުނިން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމުގއ އިތުރުން، އެ ރަށުގެ ތަރައްގީއަށް އެކުންފުނިން ހިއްސާވެވިދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ.

މަހިބަދޫގައި މަސައްކަތްކުރާ ސްޓެލްކޯގެ މުވައްޒަފުންނާއި ބަައްދަލުކުރައްވައި، ސްޓެލްކޯއިން ވަނީ އެމުވައްޒަފުންނަށް ދިމާވާ ދަތިތަކާއި، ހިދުމަތް އިތުރަށް ފުޅާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.



More from Bonthi News