ސްޓެލްކޯގެ އިލްތިމާސް: އިސްތިހާރު ބޯޑު ބަހައްޓަން ދަގަނޑު ޖަހާއިރު ސަމާލުވޭ!

Mon, 25 Mar 2024 11:01 AM

View on this article on Bonthi News

ސްޓެލްކޯގެ އިލްތިމާސް: އިސްތިހާރު ބޯޑު ބަހައްޓަން ދަގަނޑު ޖަހާއިރު ސަމާލުވޭ!

އިސްތިހާރުތައް ހަރުކުރުމަށް ބިމަށް ދަނގަނޑު ޖަހާއިރު، މާލޭ ސަރަހައްދުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ގާއިމްކުރި ގްރިޑުގައި ހިމެނޭ ކޭބަލްތަކަށް ގެއްލުންވަމުންދާތީ އެކަން ނުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފިއެވެ.



ސްޓެލްކޯއިން އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، ގްރޭޓާމާލޭ އިންޓަރކަނެކްޝަން ގްރިޑުގައި ހިމެނޭ 132 ކިލޯވޯޓުގެ ކޭބަލްތަކުގެ މައްޗަށް އެކި ހަރަކާތްތައް ބޭއްވުމަށާއި، އެކި ކަހަލަ ޕޯސްޓަރުތަކާއި އިސްތިހާރުތައް ޖެހުމަށްޓަކައި ދަގަނޑުފަދަ ތަކެތި ޖަހަމުންދާކަމުގައެވެ.

ބޮޑު ހޭދައެއް ކޮށްގެން ހަތް ކިލޯމީޓަރާ ހަމައަށް 200 މެގަވޮޓުގެ ކަރަންޓު އެއް ސަބްސްޓޭޝަނުން އަނެއް ސަބްސްޓޭޝަނަށް ގެންދިއުމުގެ ގާބިލްކަން ލިބިފައިވާ މިވިއުގައަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ވިއުގަ ކަމަށް ވާއިރު، މިވިއުގައިގައި ހިމެނޭ ކޭބަލްތައް އަޅާފައިވަނީ އުސްފަސްގަނޑު ސަރަހައްދުންގޮސް ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް، ހުޅުމާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ 132 ކޭވީގެ ސަބްސްޓޭޝަނާ ހަމައަށެވެ.

”މި ވިއުގައަށް ގެއްލުންވެއްޖެ ނަމަ، މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެ، މިކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ. މިއީ އެނަރޖައިޒް ކޮށްފައިވާ ވިއުގައަކަށްވުމުން، މި ވިއުގައިގައި ހިމެނޭ ކޭބަލަށް ދަނގަޑުފަދަ ތަކެތިން ގެއްލުމެއް ލިބިއްޖެނަމަ، މިއީ އެ ދަނގަޑު ޖަހާ ފަރާތުގެ ފުރާނައަށްވެސް ނުރައްކާވާނެ ހާދިސާއެއް ހިނގާފާނެ ކަމެއް.“ ސްޓެލްކޯއިން ބުންޏެވެ.

މިއާ ހިލާފަށް އަމަލު ކުރުމުގެ ސަބަބުން އެ ކޭބަލްތަކަށް ގެއްލުންވެ، ކަރަންޓުގެ ހިދުމަތައް ބުރޫ އަރައިފިނަމަ، އެކަމުގެ ޒިންމާވާ ފަރާތްތަކަށް ދައުވާކޮށް، މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.



More from Bonthi News