ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

Sun, 24 Mar 2024 09:00 AM

View on this article on Bonthi News

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގެންފި

ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރޭ ރާއްޖެ ވަޑައިގެންފިއެވެ.



ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ ބުރާސްފަތި ދުވަހުގައެވެ.

މި ދަތުރުގެ އިތުރު ތަފްސީލް ރައީސް އޮފީހުން ހާމަކޮށްފައިނުވާއިރު، އާންމު ގޮތެއްގައި ރައީސުންގެ ނުރަސްމީ ދަތުރުފުޅުގެ ތަފްސީލް އެ އޮފީހުން ނުދެއްވައެވެ.

އެކަމަކު ކުރީގެ ރައީސުންގެ ބައެއް ނުރަސްމީ ދަތުރުފުޅުގެ މައިގަނޑު ސަބަބު މީގެ ކުރިން ހާމަކޮށްފައިވެސް އެބަހުއްޓެވެ. އާންމު ގޮތެއްގައި ރައީސުން ނުރަސްމީ ދަތުރުފުޅުތައް ކުރައްވަނީ ބޭސް ފަރުވާ އަށެވެ.



More from Bonthi News