ހުޅުާލެއިން ކަރަންޓު ކެނޑުނީ ޓްރާންސްފޯމަރުތަކުން ވައްކަން ކޮށްގެން، މައްސަލަ ފުލުހަށް ހުށަހަޅައިފިން: ފަހުމީ

Sat, 23 Mar 2024 07:49 PM

View on this article on Bonthi News

ހުޅުާލެއިން ކަރަންޓު ކެނޑުނީ ޓްރާންސްފޯމަރުތަކުން ވައްކަން ކޮށްގެން، މައްސަލަ ފުލުހަށް ހުށަހަޅައިފިން: ފަހުމީ

ސްޓެލްކޯގެ ސަބްސްޓޭޝަންތަކުގެ ތަޅުތައް ހަލާކުކޮށްލައިގެން ވަދެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރަމުންދާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.



އިއްޔެ ރެއާއި، ރޭ ހުޅުމާލެއިން ކަރަންޓު ކެނޑެން ދީމާވީ ޓްރާންސްފޯމަރުތަކުން ވައްކަން ކޮށްގެންކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ އެއީ ވައްކަން ކުރުމަށް ވަންނަ މީހުންނަށްވެސް އޮތް ނުރައްކަލެއް ކަމުގައެވެ.

”މިގޮތަށް ތަކެތި ވަގަށް ނަގައިގެން ދާ މީހުން ހޯދުމަށް ފުލުހަށް އަޅުގަނޑުމެން ވާނީ ހުށަހަޅާފަ.“ ފަހުމީ ވިދާޅުވިއެވެ.

އެފަދަ ތަކެތި ވިއްކާ ވިޔަފާރިކުރުމާއި ގަތުމުގައި އުޅޭ ފަރާތްތައް ހޯދުމުގެ މުހިންމުކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ ކަރަންޓުގެ ހިދުމަތް24 ގަޑިއިރު އާންމުންނަށް ފޯރުކޮށްދިނުމުގައި އެފަދަ ނޭއްގާނީ ކަންކަމުގެ ސަބަބުން އިންތިހާއަށް ދަތިވާ ކަމުގައެވެ.



More from Bonthi News