ޙައްޖުވެރިންނަށް ޚާއްޞަކޮށް އުރީދޫ ޙައްޖު ސިމް އަދި ސަޢުދީ އައިޑީޑީ ޕެކް!

Thu, 08 Jun 2023 08:00 PM

View on this article on Bonthi News

ޙައްޖުވެރިންނަށް ޚާއްޞަކޮށް އުރީދޫ ޙައްޖު ސިމް އަދި ސަޢުދީ އައިޑީޑީ ޕެކް!

ޙައްޖުގެ އަޅުކަން އަދާކުރުމަށް މި އަހަރު ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އާއިލާ އާއި ރައްޓެހިންނާއި ގުޅުވާލަދިނުމަށް އުރީދޫ މޯލްޑިވްސްއިން މިއަދު ވަނީ ބޮޑެތި ފައިދާތަކާއެކު ހާއްސަ އޮފާތަކެއް ތަޢާރަފްކޮށްފިއެވެ.

އެގޮތުން ރޯމިން ރޭޓުން %90 ޑިސްކައުންޓް ލިބޭ ދަތުރުވެރިންނަށް ޚާއްޞަ ސިމް ކާޑް – ޙައްޖު ސިމް އަދި ޚާއްޞަ ރޭޓެއްގައި ސަޢުދީ އަރަބިއްޔާއަށް ގުޅާލެވޭ ސަޢުދީ އައިޑީޑީ ޕެކް ހިމެނެއެވެ. 

މި ޚިދުމަތާއެކު އުރީދޫއިން ބުނީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ކަސްޓަމަރުން އާއިލާ އާއި ރައްޓެހިންނާއި ފަސޭހަކަމާއެކު ގުޅާލުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކޮމްސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ ޙައްޖު ސިމް އަދި ސަޢުދީ އައިޑީޑީ ޕެކް މެދުވެރިކޮށް ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް އަދި ރައްޖޭގައި ތިއްބަވާ ބޭފުޅުންނަށްވެސް ރޯމިން ރޭޓުން 90 ޕަސެންޓް އާއި ހަމައަށް ޑިސްކައުންޓް ލިބުމުން ކަސްޓަމަރުންނަށް އިތުރު ހާސްކަމެއް ނެތި ހެޔޮ އަގެއްގައި ދަތުރުވެރިންނަށާއި އެބޭފުޅުންގެ އާއިލާއަށް އާއިލާ ފަސޭހަކަމާއެކު އިންޓަނެޓް މެދުވެރިކޮށް އަދި ފޯނުންވެސް ގުޅާލެވޭނެ ކަމަށެވެ.  އަދި މި އަހަރު ޙައްޖަށް ފުރާވަޑައިގަންނަވާ ހުރިހާ ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދޭކަމަށް އޭނާ ވިދާޅުވިއެވެ. 

ސަޢުދީ އައިޑީ ޕެކް މެދުވެރިކޮށް ރާއްޖޭގައި ތިއްބަވާ ޙައްޖުވެރިންގެ އާއިލާ އާއި ރައްޓެހިންނަށް އެންމެ 150 ރުފިޔާއަށް 100 ސަޢުދީ އައިޑީޑީ މިނެޓާއި 1 ޖީބީ ސޯޝަލް ޑޭޓާ (ވައިބާ، ވަޓްސްއެޕް، އައިއެމްއޯ) ލިބިވަޑައިގަންނަވާނެއެވެ. ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ބައްލަވައިގަނެވޭ މި ޕެކް އެކްޓިވޭޓް ކުރެއްވުމަށް އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ ”SD150ޖެއްސެވުމަށް ފަހު 1111 އަށް އެސްއެމްއެސް ކުރައްވާށެވެ.

ހައްޖުވެރިންނަށް ޚާއްޞަ މި ސިމް މެދުވެރިކޮށް ރޯމިން ރޭޓުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭއިރު، ކަސްޓަމަރުންނަށް ރޯމިންގް ވޮއިސް، ޑޭޓާ އަދި އެސްއެމްއެސް އެންމެ ހެޔޮ އަގުގައި ބޭނުންކުރެވޭނެއެވެ. ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ލިބޭ މި ޚާއްޞަ ސިމް މިހާރު ގެންގުޅުއްވާ ސިމް ކާޑު ޙައްޖު ސިމަކަށް ގްރޭޓާ މާލެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު (އޯއީސީ) ތަކުން އަޕްގްރޭޑް ކުރެވޭނެއެވެ.

ސެލްފް ކެއާ ޕޯޓަލް https://my.ooredoo.mv/ މެދުވެރިކޮށް ނުވަތަ އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކަށް ޒިޔާރަތްކޮށްގެން ކަސްޓަމަރުންނަށް ރޯމިންގެ ޚިދުމަތް އެކްޓިވޭޓް ކުރެވޭނެ އެވެ. 6#*929* އަށް ގުޅައިގެން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޑޭޓާ ރޯމިން ސާވިސް އެކްޓިވޭޓް ކުރެވޭނެ އެވެ. އަދި ދަތުރުކުރުމުގެ ކުރިން ސިމް އެޕްލިކޭޝަން ސެޓިން ”އޮޓޮމެޓިކް“ އަށް ސެޓްކޮށްލުމުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ސަޢުދީ އަރަބިއްޔާގައި ރޯމިންގެ ޚިދުމަތް ބޭނުންކުރެވޭނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ. މީގެ އިތުރުން ޙައްޖު ސިމް އެކްޓިވޭޓް ކުރުމަށްފަހު ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕޯސްޓްޕެއިޑްއަކަށް، އާދައިގެ ސިމް ކާޑަކަށް ބަދަލުކޮށްލެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.More from Bonthi News