ގެއަކަށްވަދެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދިން މީހާގެ ބަންދަށް 15 ދުވަސް

Thu, 25 May 2023 04:36 PM

View on this article on Bonthi News

ގެއަކަށްވަދެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދިން މީހާގެ ބަންދަށް 15 ދުވަސް

މާލޭގެ ގެއަކަށްވަދެ މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ މާރާމާރީ ހިންގާ މުދަލަށް ގެއްލުންދިން މައްސަލައެއްގައި ހޯދަމުންދިޔަ ރ. މަޑުއްވަރީ / ދެތަނޑިމާގެ، އިބްރާހިމް ސަމީން (34އ) އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ދިވެހި ފުލުހުންގެ ޚިދުމަތުން އޭނާ ހައްޔަރު ކޮށްފިއެވެ.

އެ މައްސަލައިގައި އޭނާ ހޯދަން އިއުލާން ކުރުމުން، އަމިއްލައަށް ފުލުހަށް ހާޒިރުވުމުން ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. އަދި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފަ އެވެ.
ސަމީން ހޯދަން ފުލުހުން އިއުލާނުކުރީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދަނީ މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެންނެވެ. މީގެ އިތުރުން ހައްޔަރުކުރި ސަމީންއަށް ޖިންސީ ގޯނާގެ ތުހުމަތު ވެސް ކުރެވެއެވެ.
ކްރިމިނަލް ކޯޓު އަމުރުގައި ވާގޮތުގައި، ސަމީންގެ މައްޗަށް ތުހުމަތު ކުރަނީ ނުރައްކާތެރި ހަތިޔާރު ބޭނުންކޮށް ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމާއި ބިރުދައްކައި، މުދަލަށް ގެއްލުން ދިނުމުގެ އިތުރުން ޖިންސީ ގޯނާ ކުރުމެވެ.


More from Bonthi News