ރިސޯޓެއްގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

Mon, 21 Oct 2024 03:03 PM

View on this article on Avas.mv

ރިސޯޓެއްގައި ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ވ. އަތޮޅުގައި ހިންގާ ސިނަމަން ވެލިފުށި މޯލްޑިވްސްގައި ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ އެވެ.

މި ހާދިސާގައި މަރުވެފައިވަނީ 63 އަހަރުގެ ބެލަރޫސް އަންހެނެކެވެ.

ފުލުހުން ބުނީ މައްސަލަ ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 11:29 ހާއިރު ކަމަށާއި ވ. ފެލިދޫގައި ހުންނަ ހޮސްޕިޓަލަށް އަންހެން މީހާ ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޓޫރިސްޓެއް ވަނީ ސްނޯކެލިން އަށް ގޮސް އުޅެނިކޮށް ވެސް މަރުވެފަ އެވެ.





More from Avas.mv