މިދިޔަ އަހަރު 16،000އަށް ވުރެ ގިނަ އުޅަނދު އެތެރެކުރި

Mon, 21 Oct 2024 01:57 PM

View on this article on Avas.mv

މިދިޔަ އަހަރު 16،000އަށް ވުރެ ގިނަ އުޅަނދު އެތެރެކުރި

މިދިޔަ އަހަރު 16،000 އަށް ވުރެ ގިނަ އުޅަނދު ރާއްޖެ އެތެރެ ކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަވީސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު ރާއްޖެއަށް އެތެރެކުރި އުޅަނދުތަކުގެ ތެރޭގައި 15،551 ސައިކަލާއި، 1347 ކާރު ހިމެނެ އެވެެ.

މީގެ އިތުރުން ތަފާތު ސިނާއީ މަސައްކަތްތަކަށް ބޭނުންވާ އުޅަނދުތައް އެތެރެ ކޮށްފައިވާ ކަމަށްވެސް ކަސްޓަމްސްގެ ތަފާސްހިސާބުތަކުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި އަލަށް ކޮންމެ އަހަރަކުވެސް 10،000 އަށް ވުރެ ގިނަ އުޅަނދު ރަޖިސްޓަރީ ކުރާކަން ކަމާ ގުޅޭ އިދާރާތަކުގެ މައުލޫމާތުތަކުން އެނގެ އެވެ.

މާލެ ސަރަަހައްދުގައި އެއްގަމު އުޅަނދުގެ ތޮއްޖެހުން ބޮޑު ވެފައިވާއިރު މިދިޔަ ފަސް އަހަރު ދުވަހު ރާއްޖޭގައި 69،780 އުޅަނދު ރަޖިސްޓްރީކޮށްފައިވެ އެވެ. މީގެތެރެއިން 42،000 އަށްވުރެ ގިނަ އުޅަނދު ރަޖިސްޓަރީ ކޮށްފައިވަނީ މާލެ ސަރަހައްދު ގައެވެ.





More from Avas.mv