ގއ. އަތޮޅު ފަޅު ރަށަކުން މަސްތުވާތަކެތި ހޯދައިފި

Mon, 21 Oct 2024 02:40 PM

View on this article on Avas.mv

ގއ. އަތޮޅު ފަޅު ރަށަކުން މަސްތުވާތަކެތި ހޯދައިފި

ގއ. އަތޮޅުގެ ފަޅު ރަށަކުން މަސްތުވާތަކެތި ހޯދައިފި އެވެ.

ފުލުހުން ބުނީ އެ ރަށުން މަސްތުވާތަކެތި ފެނިފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަަށެވެ.

އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހޯދައި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މައުލުމާތުދެ އެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

އޮޕަރޭޝަންގައި ހޯދާފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 163 ގްރާމް ހުރި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.





More from Avas.mv