ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މާސްޓަޕްލޭނެއް ހަދަނީ

Thu, 17 Oct 2024 08:17 PM

View on this article on Avas.mv

ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަން މާސްޓަޕްލޭނެއް ހަދަނީ

ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ރަނގަޅު ނަތީޖާއެއް ހާސިލްކުރެވޭނެ ފަދަ މާސްޓާ ޕްލޭނެއް އެކުލަވާލުމަށް ނިންމައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިގޮތަށް ނިންމެވީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ރައީސްއަށް ދެއްވި ލަފާފުޅާ ގުޅިގެންނެވެ.

ވަޒީރުންގެ މަޖިލީހުގައި ނިންމެވީ ދުންފަތް ކޮންޓްރޯލުކުރުމަށް ހަދާފައިވާ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމާއެކު، ދުންފަތުގެ އިސްތިއުމާލުކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ފިޔަވަހި ތަކަކަށް ބަހާލައިގެން، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފާހަގަކުރެވޭ ރަނގަޅު ނަތީޖާއެއް ހާސިލްކުރެވޭނެ ފަދަ މާސްޓަޕްލޭނެއް އެކުލަވާލުމަށެވެ.

މި މާސްޓަޕްލޭން މިމަހުގެ 27 ވަނަ ދުވަހު ބާއްވާ ކެބިނެޓް ބައްދަލުވުމަށް ހުށަހެޅުމަށްވެސް ވަޒީރުންގެ މަޖިލީހުގައި ނިންމެވި އެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ދުންފަތާ ދުރު މުޖުތަމައެއް ބިނާކުރުމަށް އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކާއި، ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަށްރަށް ފާހަގަކުރުމަށް އިނާމެއް ތައާރަފްކުރުމާއެކު، އެ އިނާމު ލިބޭ ރަށެއްގެ އިޖުތިމާއީ ކަމަކަށް މާލީ އެހީތެރިކަން ދިނުން ފަދަ ކަންކަން ހިމަނައިގެން މާސްޓަރ ޕްލޭން އެކުލަވާލުމަށްވެސް ވަޒީރުން މަޖިލީހުގައި ނިންމަވާފައިވެ އެވެ.

މީގެ އިތުރުން މި ޕްލޭންގައި ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ފަރުވާ، ކޮންމެ ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒަކުން ހިލޭ ފޯރުކޮށްދިނުން ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.





More from Avas.mv