ޑަބްލިއުއެޗްއޯއާއި ރާއްޖެ ގުޅިގެން މަސައްކަތްކުރުމަށް ހާއްސަ ޕްލޭނެއް

Thu, 17 Oct 2024 01:40 PM

View on this article on Avas.mv

ޑަބްލިއުއެޗްއޯއާއި ރާއްޖެ ގުޅިގެން މަސައްކަތްކުރުމަށް ހާއްސަ ޕްލޭނެއް

ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)އާއި ރާއްޖެ ގުޅިގެން މަސައްކަތްކުރުމުގެ ސްޓްރެޓީޖިކް ޕްލޭނެއް އިފްތިތާހްކޮށްފި އެވެ.

މި ޕްލޭން އިފްތިތާހް ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި ޑަބްލިއުއެޗްއޯގެ ދެކެނު އިރުމަތީ އޭޝިއާގެ ރީޖަނަލް ޑައިރެކްޓަރު ސައިމާ ވަޒީދެވެ.

މި ޕްލޭނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދާނީ މިއަހަރުން ފެށިގެން 2029 ވަނަ އަހަރުގެ ނިޔަލަށެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ޕްލޭންގެ ދަށން މައިގަނޑު ފަސް ކަމަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. މީގެތެރޭގައި ހިމެނެނީ:-

  • ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުން
  • އަސާސީ ސިއްހީ ފަރުވާ ކުރިއެރުވުމަށް އިންވެސްޓްކުރުން
  • ސިއްހީ ހިދުމަތް ހޯދަން ދަތި ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދެވޭކަން ކަށަވަރުކުރުން
  • އިޖުތިމާއީ، އިގްތިސާދީ އަދި ވިޔަފާރިއާ ސިއްހީ ގޮތުން ގުޅުންހުރި ކަންކަމަށް ހައްލު ހޯދައިދިނުން
  • ސިއްހީ ނިޒާމަށް އަންނަ ދަތިތަކާއި ސިއްހީ ކުއްލި ހާލަތްތަކަށް ވިލުންތެރި ސިއްހީ ނިޒާމެއް ގާއިމުކުރުން

ހެލްތު މިނިސްޓްރީން އިތުރަށް ބުނީ މިފަދަ ޕްލޭނެއްގެ ބޭނުމަކީ އެއްވެސް މީހެއް ބާކީ ނުކޮށް ކޮންމެ މީހަކަށްވެސް ސިއްހީ ފަރުވާ ލިބޭނެކަން ޔަގީންކުރުން ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ މި ޕްލޭން ތަންފީޒު ކުރުމަށްޓަކައި އެ ޖަމިއްޔާ އިން ފުރިހަމައަށް އެހީތެރިކަމާއި އެއްބާރުލުން ދޭނެ ކަމަށް ބުނެފަ އެވެ.





More from Avas.mv