އަމާޒަކީ 2027ގައި ހޮސްޕިޓަލް ހިދުމަތް ފެށުން

Thu, 17 Oct 2024 07:41 PM

View on this article on Avas.mv

އަމާޒަކީ 2027ގައި ހޮސްޕިޓަލް ހިދުމަތް ފެށުން

ވިލިމާލޭގައި އަލަށް އިމާރާތްކުރާ 100 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމައި، 2027 ވަނަ އަހަރު ތެރޭގައި ހިދުމަތް ދޭން ފެށުމަކީ އަމާޒެއް ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ވިލިމާލޭ ހޮސްޕިޓަލުގެ ޓެންޑަރިން މަރުހަލާއަށް ދިއުމަށްޓަކައި އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއި ޗައިނާ ސަރުކާރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

މިރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުއްތަލިބެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ވަން ލިޝިން އެވެ.

https://avas.mv/142835

ވިލިމާލޭގައި އަޅާ 100 އެނދުގެ ހޮސްޕިޓަލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ހަމަޖެހުނު މަޝްރޫއެކެވެ. ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަކީ ޗައިނާއިން ހިލޭ ކޮށްދޭ ކަމެކެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވީ ޓެންޑަރިން މަރުހަލާ ނިންމުމަށް ހަމަސް ދުވަސް ނަގާނެ ކަމަށާއި މި މުއްދަތުގައި ޑިޒައިންގެ މަސައްކަތް ނިންމައި، މަސައްކަތް ކުރާނެ ކުންފުންޏެއް ޗައިނާއިން ކަނޑައަޅާނެ ކަމަށެވެ.

"އޭގެފަހުން އަންނަ އަހަރުގެ މެދުތެރޭގައި އިމާރާތްކުރުމުގެ މަސައްކަތް ގާތްގަނޑަށް ފެށޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

https://avas.mv/143387

ވިލިމާލޭގައި އަޅާ ހޮސްޕިޓަލަކީ އައިޖީއެމްއެޗްގެ ދަށުން ހިންގާ ތަނަކަށް ވާތީ، އެ ހޮސްޕިޓަލާއި ހެލްތު މިނިސްޓްރީއާއި ގުޅިގެން ވިލިމާލޭ ހޮސްޕިޓަލަށް ބޭނުންވާ އާލާތްތަކުގެ ލިސްޓާއި ހިދުމަތްތައް ވަނީ ކަނޑައަޅާފަ އެވެ.

ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލްގައި ހުރީ އެމަޖެންސީ ފަސް އެނދާއި ބަލިމީހުން ބަލާ 3 ކޮޓަރި އެވެ. 15،000 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ ވިލިމާލެއިން ގިނަ ބަޔަކު ފަރުވާއަށް އަންނަނީ މާލެ އަށެވެ.





More from Avas.mv