މިންވަރަށް އީމާންވުމާއި ނިޢްމަތަށް ޝުކުރު ކުރުން

Fri, 26 Apr 2024 02:18 PM

View on this article on Adhives Online

މިންވަރަށް އީމާންވުމާއި ނިޢްމަތަށް ޝުކުރު ކުރުން

ކޮންމެފެށުމެއް އަންނަފަދައިން އޭގެ ނިމުމެއް އާދެޔޭ
ކޮންމެ ނިމުމެއްވެސް ނިމޭއިރު ދެން އެހެންފެށުމެއް ވެޔޭ



ކޮންމެ މީހަކުވެސް އުފަންވާއިރު އެހުރި މަޢްޞޫމުކަން
ކޮންމެވެސް ސަބަބެއް އެއަށް މެދުވެރިވެ ގޯސްވާގޮތް ވެޔޭ

"ކޮންމެ ބާރެއްވެސް އުފެދިގެން އަންނައިރު ޖޯޝާއެކީ"
ކޮންމެވެސް ގޯސް ޢަމަލަކުން، ދެން ބާރު ނެތިދާގޮތް ވެޔޭ

ކޮންމެ އިންސާނަކު އުޅެން ﷲ އެންގެވިމަގު ވެޔޭ
ކޮންމެ އިންސާނަކު މިގޮތް ހޯދައި ބަލައި ވިސްނަން ވެޔޭ

ކޮންމެ ނިޢްމަތަކާއި ބާރެއް ދެއްވަނީ ﷲ ކަން
ކޮންވެސް ގޮތަކުން ހަނދާން ނެތުމުން އެނިޢްމަތް ގެއްލެޔޭ

ބާރުހުރި ޕާޓީ ތަކާއި، ޖަމާޢަތާއި ގްރޫޕްތައް،
ބާރުގައި އުޅެގަންނަ ގޮތަކުން ބާރު ނެތިދާ ގޮތް ވެޔޭ

ދުނިޔެއަކު ބޭނުންވިހާ ގޮތަކަށް އުޅެން ފުރްސަތު ނެތޭ
ދުނިޔެ ހިނގަމުންދާ ނިޒާމަށް ވިސްނުމުން އެނގި ދާނެޔޭ

ދާދި އިހަކަށްދުވަހު ދެއްވެވި ނިޢްމަތާ އާރާއި ބާރުން،
ޚާލިޤާ މަޚްލޫޤު އޮޅުމުން ދެން، އެބާރެއް ނެތި ދެޔޭ

މިންވަރަށް އީމާންވުމޭ! ކިޔަނީ މިފަދަ ހުރިހާކަމެއް،
މިންވަރުން ހިނގަނީ ކަމަށް ރުހިގެން ގަބޫލު ކުރުން މެޔޭ

"ނިޢްމަތަށް ﷲ ދެއްވާ ޝުކުރުނުކުރާ މީހުނަށް،
ބިރުބޮޑޭ! އެކަމަށް ވަޢީދުގެ ބަސްފުޅެއް އައިސްފާ އޮވޭ"

The post މިންވަރަށް އީމާންވުމާއި ނިޢްމަތަށް ޝުކުރު ކުރުން first appeared on އަދިވެސް އޮންލައިން.



More from Adhives Online