ސަގާފީ ބަސްކޮށާރުގެ ލަފުޒުތަކުން

Tue, 07 May 2024 12:09 AM

View on this article on Adhives Online

ސަގާފީ ބަސްކޮށާރުގެ ލަފުޒުތަކުން

ނިޔާމައިގައި ދަތުރުކުރުމަށް އެދޭނަމަ ކަނޑުދަތުރު ތަކުގައި
ރިޔާ މިޔަހެލި ނަކަތް މެދުގައި ކުރީ ޖައްސާށެ އިރުވަރުލައި



ފުރާ އިރުވަރުގެ އޯގަ ހެވަސް ދިމާ ސަމުގާގެ ނޭނގެންޏާ
ތުރާތައް ދަތުރުގައި ކުރިމަތި ވެގެން އަންނާނެ ދާ މަގުގައި

ޖެހޭވައިވަރު ވިޔަސް ހެޔޮވަރު ރިޔާ ފޮޅުވައިލުމަށް ދަތުރަށް
ޖެހޭވައިވަރު ނުވާނޭ ފަހި ދިމާ އިދިމަތި ވެފައި ހުއްޓައި

ވިލާދުނި މަގަތުގައި ހުއްޓައި ފެނުން ތޮޅިލާ ވިލާޔަށް ވުރެ
ޚިލާފެއް ނެތި ބުނޭ ކެޔޮޅުން ނުދާށޭ ދުއްވުމަށް ކަނޑުގައި

ނަގާ ހުރިހައި ވިލާތައް ކެހި ވަޔަށް ވާނޭ ހިތާ ނަމަވެސް
ނަގާ ހުރިހައި ވިލާގައި ނެތި ނުދާނޭ ކެރި، ވަޔާ އެކުގައި

ބުރުނު،ރޯނާ،ފުނޯސް،ނޮރަ، ފަދަ ނަކަތް ލައިގަންނަ ރޭރޭގައި
ފުރުން ދިގުދަތުރަކަށް ނުވެޔޭ ސަލާމަތްތެރި ކަމެއް ކަމުގައި

ހަނދާ ތަރިއެއް މެދަށް އައުމުގެ ކުރީން ފެނި ހާމަވީ ނަމައީ
ހަނދާންކުރެ! ކަނޑު ހުރަސްކުރުމަށް ހަތަރުދަންދޭނެ އާ ދުހުގައި

ނިޔާމައިގައި ވަނީ ދަތުރެއް އޮޔާ ވައި މޫސުމާ އެނގިފައި
ކިޔާފައި ހުރިގޮތަށް ނިޔަމީން ސަމާލުވެ ހުރެގެނޭ ހޭލައި

The post ސަގާފީ ބަސްކޮށާރުގެ ލަފުޒުތަކުން first appeared on އަދިވެސް އޮންލައިން.



More from Adhives Online