ދަންވަރު މިރޭ

Mon, 05 Jun 2023 12:00 AM

View on this article on Adhives Online

ދަންވަރު މިރޭ

ތޫނު ކަޅިރަވައިން މަގޭ ތުނި ހިތް ކަފާލައިފިޔެ އެރޭ
މޫނު ދޮން ބަބުޅާ ވިދާ ގޮތަކުން ތެދޭ! މި ދެ ލޯ މެރޭ

ސޫރަ ހަށިހެޔޮ އިސްކޮޅާ އަދި ރޫފަ ހެދިހުރި ފާޅުވާ
ސޫރަ ފެނި ހައިރާންވެފައި ޖަޒުބާތު ފިނި ހިތުގައި ދިރޭ

މޭގެ ހަމަޖެހުމާ ޝިފާކަމުގައި ލިޔެވި ރަން ދެއްޔަކުން
ނޭނގި އިޝްގީ ތިޔަ އަދާ ބިންވަޅު ނެގުނު މި ހިތުގެތެރޭ

ޒާރަކުން ކުރި ހިތް ފަތަހަ ދަރުބާރުގައި ވާ ފެތުރިފާ
ފާރަވެރި ހުވަނދުގެ އަބީރެއް މަޑުމަޑުން ހިނދުރީން ވިރޭ

އިންތިޒާރުގެ މީރުކަން ފޮނި ލައްޒަތުން މޭރުންވުމަށް
އިންތިހާ ސަބުރާއެކީ އިޙުސާސުތައް ހޭލާހުރޭ

ދުރުވެލާން ނޭދޭ ޚިޔާލާތާ އަސަރު ލަދުރަކިވުމުން
ކުރު ދެތިން ލަފުޒުންވިޔަސް ދުލަކުން ބުނާކަށް ނުމެކެރޭ

މަދަދަކުން އަދި ބޭހަކުން ވީމާ ނެތޭ ވާކަށް މިކަން
ގަދަ ނިދީގައި އޮވެ ފެނުނު ހުވަފެނެކެމީ ދަންވަރު މިރޭ

The post ދަންވަރު މިރޭ first appeared on އަދިވެސް އޮންލައިން.



More from Adhives Online