ހަމައެކަނި ދިވެހިންނަށް ގަނެވޭތަށް ތިލަފުށިން ބިން ވިއްކަނީ

Thu, 25 Apr 2024 02:04 PM

View on this article on Adhives Online

ހަމައެކަނި ދިވެހިންނަށް ގަނެވޭތަށް ތިލަފުށިން ބިން ވިއްކަނީ

ހަމައެކަނި ދިވެހިންނަށް ގަނެވޭގޮތަށް ކަނޑައަޅައި، ތިލަފުށިން ބިން ވިއްކަން ހުޅުވާލުމަށް އެޗް.ޑީ.ސީން ނިންމައިފިއެވެ.



އެޗް.ޑީ.ސީން މިއަދު ބުނީ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލަނީ "މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި" ކަމަށެވެ.

"ތިލަފުށިން ބިން ވިއްކުމަށް އަލުން ހުޅުވާލާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ފުރުސަތު ހޯދައިދިނުމަށް މި ކޯޕަރޭޝަނުން އިސްކަން ދޭނެއެވެ. އެގޮތުން އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައިދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫކުރުމަށް މި ކޯޕަރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން ތިލަފުށީގައި ބިން ބޭނުންކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް މި ކޯޕަރޭޝަނުން ދަނީ ކުރަމުންނެވެ." އެޗް.ޑީ.ސީގެ ބަޔާނެއްގައި ބުނެފައިވެއެވެ.

ނަމަވެސް ބިން ވިއްކާ އަގެއް އަދި ބިން ވިއްކަން ހުޅުވާލާނެ ވަކި ދުވަހެއް ވެސް އެޗް.ޑީ.ސީއަކުން ނުބުނެއެވެ.

"މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތަ ކުރަމުން ދަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ ވަސީލަތްތައް ގާއިމްކޮށް ހިދުމަތްތައް އިތުރަށް ތަރައްގީކުރުމަށެވެ."

 

The post ހަމައެކަނި ދިވެހިންނަށް ގަނެވޭތަށް ތިލަފުށިން ބިން ވިއްކަނީ first appeared on އަދިވެސް އޮންލައިން.



More from Adhives Online