އިންޑިއާ ޓޫރިސްޓުންގެ އަދަދު 96،000 އަށް

Tue, 22 Oct 2024 08:56 AM

View on this article on adduLive

އިންޑިއާ ޓޫރިސްޓުންގެ އަދަދު 96،000 އަށް

އިންޑިއާ އިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 96،000 އިން މައްޗަށް އަރައިފި އެވެ.



ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހުގެ 20 އާ ހަމައަށް އެ ގައުމުން ރާއްޖެ އަށް 96،434 ޓޫރިސްޓުން އައިސްފައިވެ އެވެ. އިންޑިއާ މި ވަގުތު އޮތީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ ހަ ވަނައިގަ އެވެ.

އެ ގައުމުން އަންނަ ޓޫރިސްޓުން މިހާރު ވަރަށް ބޮޑަށް އިތުރުވަމުން އަންނާތީ މި މަސް ނިމުމުގެ ކުރިން އިންޑިއާގެ ޓޫރިސްޓުންގެ އަދަދު ލައްކައަކަށް އަރާނެ ކަމަށް ބެލެވެ އެވެ. މިއާ އެކީ އެ ގައުމު ވާނީ އެ އަދަދު ފަހަނައަޅާ ހަ ވަނަ ގައުމަށް ވެސް އެވެ.

މިދިޔަ އަހަރު ރާއްޖެ އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާ އިން މި އަހަރު ފެށުނު ފަހުން އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް މަދުވި ނަމަވެސް މި އަހަރުގެ މެދު ތެރެއިން ފެށިގެން އެ ގައުމުން ޓޫރިސްޓުން އަންނަ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ކުރިއެކޭ އެއްގޮތަށް މިހާރު އިންޑިއާގެ ފިލްމީ ތަރިން ވެސް ރާއްޖެ ޒިޔާރަތްކުރާ މިންވަރު އަންނަނީ އިތުރުވަމުންނެވެ.

ދާދި ފަހުން އިންޑިއާގައި ވަނީ ރާއްޖެ ޕްރޮމޯޓް ކުރުމުގެ ހަރަކާތްތަކެއް ވެސް ހިންގައިފަ އެވެ. އަދި އިންޑިއާ މާކެޓަކީ ވަރަށް މުހިއްމު މާކެޓަކަށްވާތީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީން އަންނަނީ އެ މާކެޓަށް ވަރަށް ބޮޑު އިސްކަމެއް ވެސް ދެމުންނެވެ.

މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ އިން މި މަހުގެ 20 އާ ހަމައަށް 234،848 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނައިގައި އޮތް ރަޝިއާ އިން 174،523 ޓޫރިސްޓުން އައިސްފައިވާ އިރު، ތިިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 134،321 ޓޫރިސްޓުން އައިސްފައިވެ އެވެ.

ގަދަ 10 ގައި ދެން ހިމެނޭ ގައުމުތަކަކީ ޖަރުމަން (118،914 ޓޫރިސްޓުން)، އިޓަލީ (110،849 ޓޫރިސްޓުން)، އެމެރިކާ 53،695 ޓޫރިސްޓުން)، ފްރާންސް (42،726 ޓޫރިސްޓުން)، ސްޕެއިން 37،264 ޓޫރިސްޓުން) އަދި ސްވިޓްޒަލޭންޑް (31،042 ޓޫރިސްޓުން) އެވެ.

ރާއްޖެ އިން މި އަހަރު 2 ލައްކަ ޓޫރިސްޓުން ގެންނަން އަމާޒު ހިފާފައިވާ އިރު، މި މަހުގެ 20 އާ ހަމައަށް 1.6 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ.

The post އިންޑިއާ ޓޫރިސްޓުންގެ އަދަދު 96،000 އަށް appeared first on adduLIVE.



More from adduLive