ސިޔާސީ މުވައްޒަފުންގެ އަދަދު އުޅެނީ 5،000 އިން މަތީގައި

Fri, 18 Oct 2024 05:50 AM

View on this article on adduLive

ސިޔާސީ މުވައްޒަފުންގެ އަދަދު އުޅެނީ 5،000 އިން މަތީގައި

މި ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު އުޅެނީ 5،000 އިން މަތީގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.



ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ކަމަށާއި ނަމަވެސް މިހާރު އުޅެނީ ސިޔާސީ މުވައްޒަފުންގެ އަދަދު ބުނަން ނުކެރިގެން ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވާ ގޮތަށް މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުވާނަމަ، އޭގެތެރެއިން ވަކިކުރަން ނިންމާފައިވާ 228 މުވައްޒަފުންނަކީ ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ ތިންބުޅަ އެއްބައި ނުވަތަ ދެބައިކުޅަ އެއްބައިގެ އަދަދެއް ކަމަށާއި މިކަމުން ވެސް މި ސަރުކާރުގައި ތިބީ 700 ސިޔާސީ މުވައްޒަފުން ނޫންކަން ހާމަވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

"މި ސަރުކާރުގައި ދެކެވޭ ގޮތުން 5000 އަަށް ވުރެ މަތީގައި ސިޔާސީ މީހުން ތިބީ. އެވެސް ގައުމީ ސަލާމަތަށް ސިއްރު. އެ ވާހަކައެއް ނުބުނާނެ. އެ ވާހަކަ އެނގިގެން ރައީސް އޮފީސްތެރޭގައި ވަރަށް ބޮޑު ހަމަނުޖެހުންގަނޑެއް ހިނގައިގެން މިދިޔައީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން މިހެން ވިދާޅުވި އިރު، ހަރަދު ކުޑަކުރަން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ރައީސް ވަނީ އަންގަވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުން, 43 ޑެޕިއުޓީ މިނިސްޓަރުން, 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން, އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.

މި ބަދަލާއެކު މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

The post ސިޔާސީ މުވައްޒަފުންގެ އަދަދު އުޅެނީ 5،000 އިން މަތީގައި appeared first on adduLIVE.



More from adduLive