އެންމެ މޮޅު އެތުލީޓުންނަށް ދީމާ އާއި ޝައްފާން

Fri, 18 Oct 2024 05:48 AM

View on this article on adduLive

އެންމެ މޮޅު އެތުލީޓުންނަށް ދީމާ އާއި ޝައްފާން

އަހަރުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ޓޭބަލް ޓެނިސް ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި މުހައްމަދު ޝައްފާން އިސްމާއިލް ހޯދައިފި އެވެ.



ރޭ ބޭއްވި "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2024"ގައި މި އެވޯޑު މި ދެ އެތްލީޓުންނަށް ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ޙަފްލާގައި ރައީސް ވަނީ، 'ލައިފްޓައިމް އެޗީވްމަންޓް އެވޯޑް' ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާފަ އެވެ. މިއަހަރު ލައިފްޓައިމް އެވޯޑު ލިބިވަޑައިގެންފައިވަނީ އަލްމަރްޙޫމް އަޙްމަދު ޙާފިޒްގެ ހަނދާނަށާއި، ޢަބްދުއްސައްތާރު ޙަސަނަށެވެ.

ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ގޯލްޑް ހާސިލުކުރީ ދީމާ ކަމަށްވާއިރު ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ސިލްވަރ ޙާސިލުކުރީ ފާތިމަތު ނަބާހާ ޢަބްދުއްރައްޒާޤް އެވެ. އަދި ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ބްރޮންޒް ޙާސިލުކުރީ އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤެވެ.

އަދި ސްޕޯޓްސްމަން އޮފް ދި އިޔަރ- ގޯލްޑް ހާސިލުކުރީ ޝައްފާން ކަމަށްވާއިރު 'ސްޕޯޓްސްމަން އޮފް ދި އިޔަރ- ސިލްވަރ' ޙާސިލުކުރެއްވި އަޒްނީން ރަޝާދެވެ. އަދި 'ސްޕޯޓްސްމަން އޮފް ދި އިޔަރ- ބްރޮންޒް' ޙާސިލުކުރީ ނިބާލް އަޙްމަދެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ރާއްޖޭގެ ގައުމީ ފަންތީގެ ހުރިހާ ކުޅިވަރެއް ހިމެނޭހެން ދެވޭ ހަމައެކަނި އެވޯޑެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ދޭން ފެށީ 2022 އިން ފެށިގެންނެވެ.

The post އެންމެ މޮޅު އެތުލީޓުންނަށް ދީމާ އާއި ޝައްފާން appeared first on adduLIVE.



More from adduLive