ތިމާވެއްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތަޢާރަފުކުރަނީ

Fri, 18 Oct 2024 05:51 AM

View on this article on adduLive

ތިމާވެއްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތަޢާރަފުކުރަނީ

ތިމާވެއްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތައާރަފް ކުރުމަށް ނިންމައިފި އެވެ.



ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ތިމާވެއްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތަޢާރަފްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މިމަސައްކަތް ކުރަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި ގުޅިގެން ކަމަށެވެ.

މިމަޝްރޫޢުގެ ދަށުން ބައިކް ޝެއަރިން ސްކީމެއް ހުޅުމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި މިގޮތުން ތިމާވެއްޓާ ރައްޓެހި 100 ބައިސްކަލު އެޗްޑީސީއާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް ތާރިގް ވިދާޅުވި އެވެ.

"މިކަމަށްޓަކައި ސޯލާ ޗާޖިން ސްޓޭޝަންތަކެއް ޤާއިމުކުރެވޭނެ. އަދި މިކަމަށް ބޭނުންވާ ދިރާސާގެ މަސައްކަތް މިހާރުވަނީ ނިމިފައި. ފައިސާ ވެސް ވަނީ ހަމަޖެހިފައި." ވަޒީރު ވިދާޅުވި އެވެ.

ލޯ އެމިޝަން ޓްރާންސްޕޯޓް ޕްރޮޖެކްޓްގެ ދަށުން ތިމާވެއްޓާ ރައްޓެހި ދުއްވާތަކެތި ތަޢާރަފުކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. އެގޮތުން ރާއްޖެއަށް ތިމާވެއްޓާ ރައްޓެހި ބައިސްކަލް ތަޢާރަފުކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިމަޝްރޫޢުގެ ދަށުން ތިމާވެއްޓާ ރައްޓެހި ބައިސްކަލް ތަޢާރަފުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގަ އެވެ.

The post ތިމާވެއްޓާ ރައްޓެހި ބައިސްކަލު ރާއްޖެއަށް ތަޢާރަފުކުރަނީ appeared first on adduLIVE.



More from adduLive