'ބިބީ' ގެ ރަސްމީ ޓްރެއިލާ ބަލާލަން ވާނެ

Fri, 04 Oct 2024 05:29 PM

View on this article on adduLive

'ބިބީ' ގެ ރަސްމީ ޓްރެއިލާ ބަލާލަން ވާނެ

އަންނަ ހޯމަ ދުވަހުގެ ރޭ އޮލިމްޕަހުގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ ފިލްމު "ބިބީ" ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފި އެވެ.



މި ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ ފުރަތަމަ ހޮރޯ-ކޮމެޑީ އެވެ. މި ލިޔެ، ޑައިރެކްޓްކޮށްފައި ވަނީ އަލަށް ޑައިރެކްޝަނަށް ނުކުތް ޝަހުދާ މަހުމޫދެވެ.

"ބިބީ" ގެ ލީޑް ތަރިންނަކީ އޭނަގެ ފިރިމީހާ ޝަރަފް އަބްދުﷲ ގެ އިތުރުން މަރިޔަމް މަޖުޖާ މަޖޫ) އެވެ. ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޝީލާ ނަޖީބު، އަހުމަދު ސައީދު، އަބްދުﷲ ޝާފިއު (ފުބޫ)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މަލީހާ ވަހީދު، ޝުހާ، އާދަމް ރިޒްވީ، ސާމީ، އަމަން ހާޒިފު އަދި މަރިޔަމް ހަލީމް ހިމެނެ އެވެ.

"ބިބީ" ގެ ވަރަށް ހާއްސަ ފެނިލުމަކުން ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއީލް ވަޖީހު ވެސް ފެންނާނެ އެވެ.

މި ފިލްމަކީ ޑާކް ރެއިނުން މި އަހަރު ގެނެސްދޭ ދެވަނަ ފިލްމެވެ. އެ ސްޓޫޑިއޯގެ މި އަހަރުގެ ފުރަތަމަ ފިލްމަކީ މާޗްގައި ގެނެސްދިން "ފުރޭތަ" އެވެ.

The post 'ބިބީ' ގެ ރަސްމީ ޓްރެއިލާ ބަލާލަން ވާނެ appeared first on adduLIVE.



More from adduLive