އެގާރަ ދުވަސްތެރޭ ލުބްނާނުން 100 ކުދިން މަރުވެއްޖެ

Sat, 05 Oct 2024 06:01 AM

View on this article on adduLive

އެގާރަ ދުވަސްތެރޭ ލުބްނާނުން 100 ކުދިން މަރުވެއްޖެ

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފާއިތުވި އެގާރަ ދުވަސްތެރޭ ލުބްނާނުން 100 އަށް ވުރެ ގިނަ ކުޑަކުދިން މަރުވެފައިވާ ކަމަށް ޔުނިސެފުން ބުނެފި އެވެ.



އިޒްރޭލުން ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް އަމާޒުކޮށް ކަމަށް ބުނެ އެގައުމުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުން މަރުވެ އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށްދާން ޖެހިފަ އެވެ.

ޔުނިސެފުން ބުނީ ފާއިތުވި އެގާރަ ދުވަސްތެރޭ ލުބްނާނުން 100 އަށް ވުރެ ގިނަ ކުޑަކުދިން މަރުވެ، 600 އަށް ވުރެ ކުދިންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.

ޔުނިސެފުން ވަނީ ހަމަލާތައް ހުއްޓާލައި އިންސާނީ ހައްގުތަކުގެ ގާނޫނުތަކަށް ބޯލެނބުމާއެކު އާންމުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާފަ އެވެ.

އިޒްރޭލުން ލުބްނާނުގެ އެކި ސަރަހައްދުތަކަށް ވައިގެ ގިނަ ހަމަލާތަކެއް ދެމުން އަންނައިރު، އެ ހަމަލާތަކުގައި ލުބްނާނުން މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ލުބްނާނުން 100،000 އަށް ވުރެ ގިނަ މީހުން ވަނީ އެގައުމު ދޫކޮށް ސީރިޔާ އަށް ގޮސްފަ އެވެ.

މީގެއިތުރުން އިޒްރޭލުން އަންނަނީ ފަލަސްތީނުގެ ގާޒާގައި ވެސް ބޮޑު ގަތުލްއާންމެއް ހިންގަމުންނެވެ. އެ ގަތުލްއާންމުގައި މިހާތަނަށް ގާޒާ އިން ވަނީ 41،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

The post އެގާރަ ދުވަސްތެރޭ ލުބްނާނުން 100 ކުދިން މަރުވެއްޖެ appeared first on adduLIVE.



More from adduLive