ގަވާއިދާ ހިލާފު އިތުރު ބިދޭސީންތަކެއް އަތުލައިގެންފި

Fri, 04 Oct 2024 10:01 PM

View on this article on adduLive

ގަވާއިދާ ހިލާފު އިތުރު ބިދޭސީންތަކެއް އަތުލައިގެންފި

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅެމުން އައި އިތުރު ބިދޭސީންތަކެއް އަތުލައިގެންފި އެވެ.



އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ ހުޅުމާލޭގެ ދެ އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކޮށް، 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

އަދި އަލަށް އިމިގްރޭޝަނަށް ވަންނަ އޮފިސަރުންނަށް ދޭ ހާއްސަ ތަމްރީނުގެ ދަށުން މި ރެއިޑުގައި "އިމިގްރޭޝަން އޮފިސަރ ޓްރެއިނީސް" ވެސް ބައިވެރިވި ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރަން ފެށި އޮޕަރޭޝަންގެ ދަށުން މިހާތަނަށް މާލެ އާއި ހުޅުމާލެ އިން އަދަދެއްގެ ބަޔަކު އަތުލައިގެންފައިވެ އެވެ. މީގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 4،000 އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވެ އެވެ.

The post ގަވާއިދާ ހިލާފު އިތުރު ބިދޭސީންތަކެއް އަތުލައިގެންފި appeared first on adduLIVE.



More from adduLive