މަނިފާލް ހޮސްޕިޓަލަށް އާސަންދަ މެދުކަނޑާލައިފި

Wed, 03 Jul 2024 04:58 PM

View on this article on adduLive

މަނިފާލް ހޮސްޕިޓަލަށް އާސަންދަ މެދުކަނޑާލައިފި

ގިނަ ދިވެހިން ސިއްހީ ފަރުވާ ހޯދާ އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ސިއްހީ ފަރުވާދޭ އަގުތައް ބޮޑުކަމުން، އެ ހޮސްޕިޓަލަށް އާސަންދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.



އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް ދިނުން މެދުކަނޑާލއެ ހޮސްޕިޓަލްގެ އަގުތައް ބޮޑުކަމުން، އަގު ހެޔޮކުރުމުގެ މަޝްވަރާކުރަމުން އަންނާތީ ކަމަށެވެ. އަދި އެ މަޝްވަރާތަކަށް ފަހު މަނިޕާލް ހޮސްޕިޓަލުން ދޭނެތޯ ނުންތޯ ނިންމާނެ އެވެ.

ހީނާ ވިދާޅުވި ގޮތުގައި މަނިޕާލް ހޮސްޕިޓަލަށް އާސަންދައިން ކަނޑައަޅާފައިވާ ރޭޓްގެ އިތުރަށް ބަލި މީހުންގެ އަތުން އެތައް ގުނައަކުން ފައިސާ ނަގާކަމުގެ ޝަކުވާތައް ވަރަށް ގިނައިން ލިބޭ އެވެ. އެހެންވެ ވަކި ގޮތެއް ނިންމަންދެން، މިހާރު ވެސް އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނަށް ފަރުވާ ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވި އެވެ،

މަނިޕާލް ހޮސްޕިޓަލުން އާސަންދަ ނުލިބޭނީ އަލަށް ފަރުވާ ބޭނުންވާ މީހުންނަށެވެ. އަދި ފޮލޯއަޕް ކޭސްތަކަށް ދާ މީހުންނަށް މިހާރު ވެސް އާސަންދަ ލިބޭނެ ކަމަށާއި އެކަމަކި އާ ކޭހަކަށް ނުފޮނުވާނެ ހީނާ ވިދާޅުވި އެވެ.

އާސަންދައިގައި ބޭރުގެ 57 ހޮސްޕިޓަލެއް އެމްޕެނަލްއިވެ ވެފަ އެވެ. އޭގެ ތެރެއިން 49 ހޮސްޕިޓަލަކީ އިންޑިއާގެ ތަންތަނެވެ.

The post މަނިފާލް ހޮސްޕިޓަލަށް އާސަންދަ މެދުކަނޑާލައިފި appeared first on adduLIVE.



More from adduLive