ރައީސްގެ ފޮޓޯއެއް އެންދުމުން 2 އަހަރަށް ޖަލަށް

Fri, 05 Jul 2024 06:04 PM

View on this article on adduLive

ރައީސްގެ ފޮޓޯއެއް އެންދުމުން 2 އަހަރަށް ޖަލަށް

ޓެންޒޭނިއާގެ ރައީސް ސާމިއާ ސުލޫހޫ ހަސަންގެ ފޮޓޯއެއް އެންދި މައްސަލައެއްގައި އެ ގައުމުގެ ޕޯޓްރެއިޓް އާޓިސްޓަކު ޖަލަށް ލާން އިއްޔެ ހުކުމްކޮށްފި އެވެ.



ސާމިއާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައި ބަހުގެ ހަމަލާތަކެއްދީ، އޭނަގެ ފޮޓޯއެއް އަންދައިލާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯ އާންމުކުރި މައްސަލައިގައި ދައުވާކުރީ ޝަދުރަކް ޗައުލާ ކިޔާ އާޓިސްޓަކަށެވެ. ސައިބަކްރައިމްގެ ދައުވާ އުފުލި އާޓިސްޓަށް ހުކުމްކުރީ ދެ އަހަރަށް ޖަލަށް ލާން ނުވަތަ 2،000 ޑޮލަރުން ޖޫރިމަނާ ކުރި އެވެ.

މި ހުކުމް އިއްވި އިރު، ކޯޓްގައި ޝަދްރަކް، 234، ވަނީ ދައުވާ އަށް އިއުތިރާފު ވެސް ވެފަ އެވެ.

ރައީސްގެ ފޮޓޯ އެންދި މައްސަލައިގައި އޭނަ ހައްޔަރު ކުރުމުން ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ވަރަށް ގިނަ ބަޔަކު އެކަމަށް ފާޑު ކިޔާފައިވ އެވެ. އެގޮތުން ފޮޓޯއެއް އެންދުމަކީ އެއްވެސް ގާނޫނަކާ ހިލާފުވުމުގެ އަމަލެއް ނުން ކަމަށް ބުނެފައިވެ އެވެ.

ޝަދުރަކްގެ ހުކުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު މިހާރު އޭނަގެ ޖޫރިމަނާގެ ފައިސާ އެއްކުރަން އޮންލައިން ކެމްޕޭނަށް ވެސް ވެސް ފަށައިފަ އެވެ.

ޓެންޒޭނިއާގެ ރައީސްކަމަށް ސާމިއާ، 64، ވަޑައިގެންނެވީ 2021 ގަ އެވެ. އޭނަ އަކީ އެ ގައުމުގެ ހަ ވަނަ ރައީސެވެ. ސާމިއާ ކުރިން ޓެންޒޭނިއާގެ ނައިބު ރައީސްކަން ވެސް ކުރެއްވި އެވެ. އަދި އޭނަ އަކީ ޓެންޒޭނިއާގެ ނައިބު ރައީސްކަމާއި ރައިސްކަމަށް ވަޑައިގެންނެވި ހަމައެކަނި އަންހެން ބޭފުޅާ އެވެ.



More from adduLive