ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

Fri, 05 Jul 2024 08:48 PM

View on this article on adduLive

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ޕީއެންއެފް ޖަގަހަ ޖަލްސާގައި ރޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.



ޕީއެންއެފް އިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒުގެ އަތުގައި ކޮރަޕްޝަންގެ މައުލޫމާތުތަކެއް ހުރި ޕެން ޑްރައިވްއެއް އޮތީތޯ ސުވާލު އުފައްދަވާފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން އަބްދުއްރަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އެ ޕެންޑްރައިވް" ގެ ޝިކާރައަކަށްވީ މީހުން މިއަދު ވެސް ދުނިޔޭގައި އެބަތިބި ކަމަށެވެ.

"ސުވާލު ކުރި މީހާއަށާ ޖަވާބު ދޭން ހުރި މީހާއަށް ޕެންޑްރައިވް ގެ ކަންތައްތައް އެންމެ ރަނގަޅަށް އެނގޭނެކަމަށް ގަބޫލު ކުރެވެނީ." އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް އެ އިޝާރާތް ކުރައްވަނީ 2015 ވަނަ އަހަރު ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް މުހައްމަދު ނާޒިމް ހައްޔަރު ކުރި ހާދިސާ އަށެވެ. އެގޮތުން ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުނު ކަމަށް ތުހުމަތުކުރިއިރު، އެގެއިން ޕެން ޑްރައިވްއެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.

އެ ޕެންޑްރައިވް ގައި ހުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ނާޒިމް އިސްވެ ހުންނަވައި ދައުލަތުގެ އިސްވެރިންތަކަކަށް ހަމަލަދޭން ރާވާފައިވާ ކަމަށް އޭރު ދައުލަތުން ބުންޏެވެ.

The post ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް appeared first on adduLIVE.



More from adduLive