ހުމާ "ބަޔާން" އަށް ތައްޔާރު ވަނީ

Fri, 05 Jul 2024 05:47 PM

View on this article on adduLive

ހުމާ "ބަޔާން" އަށް ތައްޔާރު ވަނީ

"ބަޔާން" ކިޔާ އިންވެސްޓިގޭޓިވް ޑްރާމާއަކަށް ބޮލީވުޑްގެ ބަތަލާ ހުމާ ގްރޭޝީ ތައްޔާރުވާން ފެށި އެވެ.



މިއަދު އިއުލާންކުރި ފިލްމަކީ "ޗޯރަންގާ" ގެނެސްދން ޑައިރެކްޓަރު ބިކާޝް މިޝްރާ ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. "ބަޔާން" ގައި ހުމާ ކުޅޭނީ ރޫހީ ކިޔާ ޑިޓެކްޓިވެއްގެ ރޯލެވެ. މީގެ ކާސްޓްގައި ޗަންދުރަޗޫރް ސިންގް އާއި ސަޗިން ކެދޭކަރް ވެސް ހިމެނެ އެވެ.

"ބަޔާން" ގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ ރާޖަސްތާންގަ އެވެ.

ހުމާ، 37، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ބައޮގްރަފިކަލް ޑްރާމާ "ތަރުލާ" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޖޮލީ އެލްއެލްބީ 32" އާއި "ޕޫޖާ، މޭރީ ޖާން" އަދި "ގުލާބް" ހިމެނެ އެވެ. ހުނަރުވެރި ބަތަލާ ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކުގެ ތެރޭގައި "ގޭންގްސް އޮފް ވަސޭޕޫރް"، "އޭކް ތީ ޑާޔަން" އަދި "މޮނިކާ، އޯ މައި ޑާލިން" ހިމެނެ އެވެ.

The post ހުމާ "ބަޔާން" އަށް ތައްޔާރު ވަނީ appeared first on adduLIVE.



More from adduLive