ފުލުހުންނަކީ ޕޮލިސީ ކަނޑައަޅާ ބައެއް ނޫން: ސީޕީ

Wed, 03 Jul 2024 02:56 PM

View on this article on adduLive

ފުލުހުންނަކީ ޕޮލިސީ ކަނޑައަޅާ ބައެއް ނޫން: ސީޕީ

ފުލުހުންނަކީ ޕޮލިސީ ކަނޑައަޅަން ތިބޭ ބައެއް ނޫން ކަމަށް ޕޮލިސް ކަމިޝަނަރުއަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.



ރައްޔިތުންގެ މަޖިލީހުގެސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ ފުލުހުންނަކީ ޕޮލިސީ ކަނޑައަޅަން ތިބޭ ބައެއް ނޫން ކަމަށާއި ފުލުހުންނަކީ ތަންފީޒުކުރަން ތިބޭ ބައެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި މައްސަލަތައް ހައްލު ކުރުމަށް ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކުން ކުރަން ޖެހޭ މަސައްކަތްތައް ގުޅިގެން ކޮށްގެން ނޫނީ މައްސަލަތަކަށް ހައްލެއް ނުހޯދޭނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ މުޖުތަމައުގައި ހުރި މައްސަަލަތަކަށް ހައްލު ހޯދުމަށް ފުލުހުން މަސައްކަތްކުރި ނަމަވެސް ޖުމްލަ ހައްލެއް ހޯދޭނީ ނިޒާމުގައި ހިމެނޭ ހުރިހާ ފަރާތްތަކެއް އެއްކޮށް މަސައްކަތްކޮށްގެން ކަމަށެވެ.

"ކޮންމެ ކަމެއް ވެސް ފެއްޓެނީ ފުލުހުން އެތަނަކަށް ރެސްޕޮންޑްކުރާ ހިސާބުން. އެ ހިސާބުން ފެށިގެން ދެން ދިމާވަނީ ނިޒާމުގައި ހުންނަ އެކި މައްސަލަތަކާ." ޝުޖާއު ވިދާޅުވި އެވެ.

އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ފަރުވާ ދޭން ޖެހޭ މީހުން ތިބެން ޖެހޭނީ އެ މީހުންނަށް ފަރުވާ ލިބޭ ފަދަ ތަންތަނުގައި ކަމަށާއި މަގުމަތީގައި ނޫން ކަން ސީޕީ ވިދާޅުވި އެއެވެ.

ފުލުހުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދިމާވާ ދަތިތަކާއި ޑްރަގުގެ ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ފޮނުވަން ޖެހޭ ފަރާތްތަކަށް އެ އިދާރާގެ ފަރާތުން ފޮނުވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އޭނަ ވިދާޅުވީ މައްސަލަތަކަށް ހައްލު ހޯދުމަށް ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ގާނޫނުތަކަށް ބަދަލުތައް ގެންނަން ވެސް ޖެހޭ ކަމަށެވެ.

The post ފުލުހުންނަކީ ޕޮލިސީ ކަނޑައަޅާ ބައެއް ނޫން: ސީޕީ appeared first on adduLIVE.



More from adduLive