ކިނޮޅު ކައުންސިލަކީ ނަމޫނާ ކައުންސިލެއް: މިނިސްޓަރު

Wed, 03 Jul 2024 01:23 PM

View on this article on adduLive

ކިނޮޅު ކައުންސިލަކީ ނަމޫނާ ކައުންސިލެއް: މިނިސްޓަރު

ރ. ކިނޮޅަހު ކައުންސިލަކީ ނަމޫނާ ދައްކަމުން އަންނަ ކައުންސިލެއް ކަމަށް ވިދާޅުވެ އެ ކައުންސިލަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ތައުރީފު ކުރައްވައިފި އެވެ.



ކިނޮޅޮހު ކައުންސިލުން އިންތިޒާމުކޮށްގެން މާލޭގައި އުޅޭ އެ ރަށުގެ ރައްޔިތުންނާ އެކީ ރޭ ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މިނިސްޓަރު ވިދާޅުވީ މިކަމަކީ ކިނޮޅޮހު ކައުންސިލުން ލާމަރުކަޒީ ނިޒާމު ވަށައިޖެހިގެން ރައްޔިތުން ބާރުވެރިކުރުމާއި، ރައްޔިތުން ޝާމިލްކޮށްގެންނާއި، އެކުގައި މަސައްކަތްކުރުމުގައި ރީތި މަރުޙަލާއެއް ދައްކުވައިދިން ކަމެއް ކަމަށެވެ. ކަމަށް

ރޭގެ ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ކުރިއެރުމާއި ތަރައްގީ އަށް ކައުންސިލުން ކުރަމުން އަންނަ ކަންކަމާއި ކުރަން ރާވައިފައިވާ ކަންތައްތައް ރައްޔިތުންނަށް އޮޅުންފިލުވައި ދީފަ އެވެ.

"އަޅުގަނޑަށް މި ބައްދަލުވުން މުހިންމުވީ ނިސްބަތުން އާބާދީ ކުޑަ ރަށެއްގެ މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް މިފަދަ ބައްދަލުވުމެއް އިންތިޒާމުކުރުން އެއީ މި ފަދަ ލާމަރުކަޒީ ނިޒާމުގެ ވަރަށް ޚާއްޞަ ސިފައެއް،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑު ޤަބޫލުކުރާ ގޮތުން މިއަދު ކިނޮޅަހު ކައުންސިލުން ޙަޤީޤަތުގައި މި ފުރިހަމަ ކުރީ ލާމަރުކަޒީ ނިޒާމު ވަށައިޖެހިގެން ރައްޔިތުން ބާރުވެރިކުރުމާއި، ރައްޔިތުން ޝާމިލްކޮށްގެންނާއި، އެކުގައި މަސައްކަތްކުރުމުގައި ރީތި މަރުޙަލާއެއް.

އެކަން ފާހަގަ ކުރަައްވައި އާދަމް ޝަރީފު ވަނީ ކިނޮޅަހު ކައުންސިލްގެ ރައީސަށާއި، ހީވާގި މެންބަރުންނަށާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީ އަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.

ރޭގެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަލާޙް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

The post ކިނޮޅު ކައުންސިލަކީ ނަމޫނާ ކައުންސިލެއް: މިނިސްޓަރު appeared first on adduLIVE.



More from adduLive