އައްޑޫ މަގުބައްތިތަކުގެ 90 ޕަސެންޓް ނިމިއްޖެ

Tue, 11 Jun 2024 05:15 PM

View on this article on adduLive

އައްޑޫ މަގުބައްތިތަކުގެ 90 ޕަސެންޓް ނިމިއްޖެ

އައްޑޫ މަގު ހެދުމުގެ ޕްރެޖްކްޓްގެ ތެރެއިން މަގުތަކުގައި ޖަހަން ޖެހޭ ލައިޓްތަކުގެ 90 ޕަސެންޓް މިހާރު ވަނީ ފުރިހަމަ ކުރެވި ދިއްލަން ތައްޔާރުވެފައި ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.



ފޭސްބުކް ޕޯސްޓެއްގައި އޭނަ މިއަދު ވިދާޅުވީ މަގުތައް ނުދިއްލި މިހާތަނަށް އޮތީ ފެނަކަ އަށް އެކަން ނުކުރެވިގެން ކަމަށެވެ. އަދި އައްޑޫގެ ގިނަ މަގުތަކރެއް މިވަގުތު އަދިރިކޮށް އޮތުމާއެކު އެތަކެއް އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ.

"މިމައްސަލާގައި ގިނަ މަޝްވަރާތަކެއް މިވަ ގުތުވެސް ކުރެވިފައިވުމާ އެކު އުންމީދަކީ އީދަށް އައްޑޫގެ މަގުތަށް ދިއްލުމަށް ފެނަކައިން މަސައްކަތްކޮށް ދެއްވުން." އޭނަ ވިދާޅުވި އެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއިންނެވެ. މަގުތައް ހަދަމުން އަންނަނީ މަގުބައްތި ވެސް ޖަހަމުންކަން ފާހަގަކޮށްލެވެ އެވެ.

The post އައްޑޫ މަގުބައްތިތަކުގެ 90 ޕަސެންޓް ނިމިއްޖެ appeared first on adduLIVE.



More from adduLive