މައުލޫމާތު ހޯދަން ހުށަހެޅި ހުރިހާ ފޯމަކަށް ޖަވާބުދީފިން

Sat, 27 Jul 2024 10:35 AM

View on this article on adduLive

މައުލޫމާތު ހޯދަން ހުށަހެޅި ހުރިހާ ފޯމަކަށް ޖަވާބުދީފިން

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރައީސް އޮފީހަށް މިހާތަނަށް ހުށަހަޅާފައިވާ ހުރިހާ އާރްޓީއައި އަކަށް ޖަވާބު ދީފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.



ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް މުއިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އާރުޓީއައި އަކަށް ސަރުކާރުން ޖަވާބު ނުދީ ނޯންނާނެކަމަށެވެ. އަދި މި ސަރުކާރު ހިންގާނީ ހާމަކަންބޮޑު ޖަވާބުދާރީވަނިވި ގޮތެއްގައިކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

"ސަރުކާރުގެ އެއްވެސް މިނިސްޓްރީއެއްގެ، ރައީސް އޮފީސް ހިމެނޭހެން، ނޯންނާނެ އެންމެ އާރްޓީއައި އެއްވެސް ޖަވާބު ނުދީ. ހުރިހާ އާރްޓީއައި އަކަށް ޖަވާބު ދީފިން. އަޅުގަނޑުމެން ބިރެއް ނުގަނޭ، ޖެހިލުމެއް ނުވޭ" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ސުވާލު ހުށަހަޅާ ފަރާތްތަކުން ގިނަފަހަރު ސުވާލު ހުށަހަޅަކީ ސިޔާސީ މަގުސަދެއްގައި ކަމަށާއި އެހެންނަމަވެސް އެ ސުވާލަކަށް ސަރުކާރުން ޖަވާބު ދޭނެ ކަމަށެވެ.

އެހެންނަމަވެސް މިކަމުގައިވެސް ދެކޮޅު އޮންނާނެ ކަމަށާއި އިންސާފުވެރިކަމާއި އަދުލުވެރިކަމަކީ ވަށާޖެހޭ ކަމެއްކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެހެންކަމުން އިންސާފާއި އަދުލުވެރިކަން ގާއިމުކުރާނީ ވަށާޖެހޭ ގޮތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

The post މައުލޫމާތު ހޯދަން ހުށަހެޅި ހުރިހާ ފޯމަކަށް ޖަވާބުދީފިން appeared first on adduLIVE.



More from adduLive