އައްޑޫ ވިއްސާރަ: ހަތަރު ގެއެއްގެ މީހުން ވަގުތީ ހިޔާ އަށް

Fri, 26 Apr 2024 11:59 PM

View on this article on adduLive

އައްޑޫ ވިއްސާރަ: ހަތަރު ގެއެއްގެ މީހުން ވަގުތީ ހިޔާ އަށް

އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރައިގައި ހަތަރު ގެއަކުން މީހުން ވަގުތީ ހިޔާ އަށް ބަދަލުކޮށްފި އެވެ.



ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނީ އައްޑޫ އަށް ކުރަމުންދާ ވިއްސާރައިގައި އެ ސިޓީގައި ފެންބޮޑުވެ ބައެއް ގޭގެ އަށް އަސަރުކުރަމުންދާ ކަމަށެވެ. މިގޮތުން ހަތަރު ގެއެއްގައި ދިރިއުޅެން ދަތިވާ ވަރަށް ފެންބޮޑުވެ، އެގޭގައި ދިރިއުޅޭ އާއިލާތައް ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ.

އައްޑޫ އަށް ކުރަމުންދާ ވިއްސާރައިގައި ފޭދޫގެ 30 އަށް ވުރެ ގިނަ ގެއަކަށް ފެން ވަދެ ވަނީ ގެއްލުންތަކެއް ލިބިފަ އެވެ. އަދި މަގުތަކުގައި ފެން ބޮޑުވެފައިވާއިރު ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.

މޫސުން ގޯސްވުމާ ގުޅިގެން މެޓް އޮފީހުން ވަނީ އައްޑޫ އާއި ފުވައްމުލަކަށް ޔެލޯ އެލާޓް ނެރެފަ އެވެ. އެލާޓް ނެރެފައިވަނީ މިރޭ 12:30 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

The post އައްޑޫ ވިއްސާރަ: ހަތަރު ގެއެއްގެ މީހުން ވަގުތީ ހިޔާ އަށް appeared first on adduLIVE.



More from adduLive