ގުޅިފަޅަށް ގޯތި ބަދަލުކުރަން އަނެއްކާ ވެސް ފުރުސަތެއް

Tue, 07 May 2024 05:56 PM

View on this article on adduLive

ގުޅިފަޅަށް ގޯތި ބަދަލުކުރަން އަނެއްކާ ވެސް ފުރުސަތެއް

ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް އިތުރު ފުރުސަތަކަށް ހައުސިން މިނިސްޓްރީން ހުޅުވާލައިފި އެވެ.



ހައުސިންގް މިނިސްޓްރީން މިއަދު ވަނީ 1250 އަދި 1650 އަކަފޫޓުގެ އިތުރު ގޯތިތައް ގިރާވަރުފަޅަށް ބަދަލުކުރަން ނިންމައި، އެކަމަށް އިއުލާނު ކޮށްފަ އެވެ. އެގޮތުން، 1250 އަކަފޫޓުގެ އިތުރު ތިން ގޯތި އަދި 1650 އަކަފޫޓުގެ އިތުރު 20 ގޯތި ގުޅީފަޅަށް ބަދަލުކުރަން އިއުލާނުކޮށްފައިވެ އެވެ.

ގޯތި ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ހޯމަ ދުވަހުގެ ރޭ 11:00ގެ ނިޔަލަށެވެ.

ގުޅީފަޅަށް ގޯތި ބަދަލު ކުރަން ނިންމީ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަމަށް ހައުސިން މިނިސްޓްރީން ބުނެ އެވެ. އަދި ހިދުމަތްތަކާ އެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލު ކުރުމަށް ނިންމީ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

The post ގުޅިފަޅަށް ގޯތި ބަދަލުކުރަން އަނެއްކާ ވެސް ފުރުސަތެއް appeared first on adduLIVE.



More from adduLive